އެމްއޭސީއެލްގެ ހައްޖު ސްޕޮންސަރޝިޕް ލިބުނު 5 މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

އެމްއޭސީއެލްގެ ހައްޖު ސްޕޮންސަރޝިޕް ލިބުނު 5 މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

Author
އަޒްފާ ރަޝީދު
25 މެއި 2023 06:27
0

އެމްއޭސީއެލްގެ ހައްޖު ސްޕޮންސަރޝިޕް ލިބުނު 5 މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން މިއަހަރު ހައްޖަށް ފޮނުވުމަށް ސްކޮޕަރޝިޕް ދޭ 5 މުވައްޒަފުންނަށް އެކަމުގެ ލިޔުން މިއަދު ވަނީ ހަވާލްކޮށްފައެވެ.

2019 ވަނަ އަހަރުގެ ކޮވިޑް ހާލަތާއި ގުޅިގެން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ހައްޖަށް މީހުން ފޮނުވުން ވަނީ މެދުކަނޑާލާފައެވެ. އަދި މިއީ ކޮވިޑަށް ފަހު މިއަހަރު އެ ކުންފުނިން ހައްޖަށް މުވައްޒަފުން ފޮނުވުމަށް ނިންމާ ހޮވިފައިވާ މުވައްޒަފުންނާއި ލިއުންވެސް މިއަދު ވަނީ ހަވާލްކޮށްފައެވެ.

މުވައްޒަފުންނާއި ލިޔުން ހަވާލްކޮށްފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައި ކުރިއަށްދިޔަ ހަފްލާއެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މަހްޖޫބު ސުޖާޢުއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު އެކުންފުނިން ހައްޖު ދަތުރުގެ ޖާގަ ދީފައި ވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޙިދުމަތްކޮށްދީފައިވާ އަދި ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.