50 މެމްބަރުންގެ ސޮޔާއިއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

50 މެމްބަރުންގެ ސޮޔާއިއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަޤާމުން އީވާ ވަކި ކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއިއެކު މިއަދު ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއި އެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވީ އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުންނެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލްތަފާތު ވުންތަކާއިއެކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ތިން ބޭފުޅުންނަކީވެސް އެމްޑީޕީއާއި ދެކޮޅަށް މަސައްކަތް ކުރައްވާ ތިން ބޭފުޅުންނެވެ. މި ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މަޖިލީހުގެ ނައިބް ރައީސް އީވާ އާއި، ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެމްޑީޕީންވެސް ވަކިވެފައެވެ.

"ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީ އުފެއްދުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި މަގާމެއް ދިފާއު ކުރުމުގެ ބޭނުމުގައި އެމްޑީޕީގައި ހުންނެވި ބޭފުޅެއް ނޫންކަމަށާއި، މަޖިލިހުގެ ނާއިބު ރައީސްކަމުގެ މަގާމުން ވަކިކޮށްފާނެތީ ޖެހިލުން ނުވާކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ބަޔާންކުރާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކު ހުށައަޅުއްވާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެވެ.

އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް، އެމަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓާއެކު ފާސްވެގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ. މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ހަމަވާ ޢަދަދެކެވެ. މަޖިލީހުގައި މިހާރު އެމްޑީޕީގެ 55 މެމްބަރުން ތިއްބަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ