ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގޮސްގެން މަޖިލިސް އޮތީ ޑެޑްލޮކެއްގައި

އީވާ މަޖިލިސް ނާއިބު ރައީސްކަމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

އީވާ މަޖިލިސް ނާއިބު ރައީސްކަމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ނާއިބު ރައީސްގެ މަގާމުން ވަކިކުރުމަށް ސޮއި ހަމަކުރަން ފަށައިފިއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ އިވާ މަގާމުން ވަކި ކުރުމަށް ނޯކޮންފިޑެންސް މޯޝަން ރައްޔިތުންގެ މަޖިލިހަށް ވެއްދޭވަރަށް މިހާރުވެސް ސޮއި ހަމަ ވެފައިވާ ކަމުގައެވެ. އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ހަމަޖެހިފައިވަނީ ވީހާ ގިނަ އަދަދެއްގެ ސޮއި ނެގުމަށް ފަހުގައި ކަމަށްވެސް "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވެފައި ވެއެވެ.

އީވާ މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އޭނާވަނީ މިއަދު އެމްޑީޕީން ވަކިވެ، ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދުމަށް ހަމަޖައްސާފައިވާ "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމަވާފައެވެ. އީވާވެސް ހިމެނޭގޮތުން ނަޝީދު ފެކްޝަނަށް ނިސްބަތްވާ 12 މެމްބަރަކު މިއަދުވަނީ އެމްޑީޕީން އިސްތިއުފާ ދީފައެވެ.

މިއަދު އެމްޑީޕިން ވަކިވާން ނިންމާފައިވާ މެމްބަރުންނަކީ:

  1. ހަސަން ލަތީފް: ހެންވޭރު ހުޅަނގު ދާއިރާ
  2. އީވާ އަބުދުﷲ: ގަލޮޅު އުތުރު ދާއިރާ

  3. މުހައްމަދު ރަޝީދު: މައްޗަންގޮޅި އުތުރު ދާއިރާ

  4. އިމްތިޔާޒު ފަހުމީ: މާފަންނު އުތުރު ދާއިރާ

  5. އިބުރާހިމް ރަޝީދު: މާފަންނު މެދު ދާއިރާ

  6. ޔާސިރު އަބުދުއްލަތީފް: ކުޅުދުއްފުށި އުތުރު ދާއިރާ

  7. މުހައްމަދު ވަހީދު: އުނގޫފާރު ދާއިރާ

  8. ހަސަން ޝިޔާން: ތޮއްޑޫ ދާއިރާ

  9. ހަސަން އަފީފު: ވިލުފުށި ދާއިރާ

  10. ހުސައިން ފިރުޝާން: މަޑަވެލި ދާއިރާ

  11. އިލްޔާސް ލަބީބު: ހުޅުދޫ ދާއިރާ

  12. އަހުމަދު ޒާހިރު: ގައްދޫ ދާއިރާ

މިމެމްބަރުންގެ އިތުރުން، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީންވަނީ އެޕާޓީން ވަކިކޮށްފައެވެ.

"ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީ އުފެއްދުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރުމަށް ނަޝީދުގެ އުފަންދުވަހާ ދިމާކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި މަގާމެއް ދިފާއު ކުރުމުގެ ބޭނުމުގައި އެމްޑީޕީގައި ހުންނެވި ބޭފުޅެއް ނޫންކަމަށާއި، މަޖިލިހުގެ ނާއިބު ރައީސްކަމުގެ މަގާމުން ވަކިކޮށްފާނެތީ ޖެހިލުން ނުވާކަމުގައެވެ.

މަޖިލިސް ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

މިހާރުގެ މަޖިލީހުގައި ހިމެނޭ 87 މެމްބަރުންގެ ތެރެއިން، އަޢުލަބިއްޔަތަކީ 43 މެމްބަރުންގެ ވޯޓެވެ. ނަޝީދަށް ތާއީދުކުރާ މެމްބަރުންނާ ނުލާވެސް، ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 50 އަށް ވުރެ ގިނައެވެ.

އެހެންކަމުން، މަޖިލިސް ރައީސް އަދި ނާއިބު ރައީސްގެ މަގާމުން ވަކިކުރުމުގެ ބާރު އަދިވެސް އޮތީ ރައީސް ސާލިހުގެ އަތްޕުޅުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ