ފިކުރެއްގެ ދިރުމާއި، ނުލާ ދިރުމެއް ނެތް: އާޒިމް

ފިކުރެއްގެ ދިރުމާއި، ނުލާ ދިރުމެއް ނެތް: އާޒިމް

Author
މުޙައްމަދު ޝަޒައިމް
13 މެއި 2023 11:34
0

ފިކުރެއްގެ ދިރުން ނުލާ ދިރުމެއް ނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު އާޒިމްއަކީ ދެބައި ވެފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މެމްބަރެކެވެ. އާޒިމަކީ މިސަރުކާރަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސަތުތަކަށް ފާޅުގައި އެންމެބޮޑަށް ފާޑުވިދާޅުވާ މެމްބަރުވެސް މެއެވެ. އާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް 4 މަސް ވެފައިވާއިރު، މިހާރު ފެނިގެންދަނީ ސަރުކާރާއި ފެއަށް ގިނަ ބަޔަކު ޖެހެމުންދާތަން ކަމަށެވެ.

އާޒިމް ވިދާޅުވީ މިސަރުކާރާއިމެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ފޫހިވެފައިކަމަށެވެ. ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވާއިރު، ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކާލާތަންވެސް ފެންނަނީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ރައީސް އައްޔަންކޮށްފައިވާ ސިޔާސީ މަދު ބައެއްކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު ރައީސް ސޯލިހަށް، ސޯލިހްގެ ސަރުކާރަށް ހެޔޮބަހެއް ބުނާއަޑު އިވެނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް. ދިވެހިން ތިބީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭކަށެއް ނޫން!

– އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއަދު ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތަށްބަލާއިރު، ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި ނުލައި ރާއްޖޭގައި ދިރުމެއް ނެތްކަމަށެވެ. ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިޚާބުގައި ޤާސިމަށް ތާއީދުކުރަން ނިންމާފައިވާކަމަށް އަޑުތަކެއް ފެތުރުނު ނަމަވެސް މިހާރުވަނީ އެއަޑުވެސް ތަންކޮޅެއް މަޑުވެފައެވެ.

ފިކުރެއްގެ ދިރުމުން ޤާސިމާއިއެކު މަޝްވަރާކުރި ނަމަވެސް އަދި މިހާތަނަށް ކޯލިޝަން ހެދުމަށް އެއްބަސްވެސްފައިވެސް ނުވެއެވެ. ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައީސް ނަޝީދު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމަށް ޖޭޕީގެ ގިނަ ބަޔަކު ތާއީދު ނުކުރާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.