އަލިމަނިކު ދޫކޮށްލި ގޮތް ސަރުކާރުން ސާފުކޮށް ނުދޭތީ މަޖިލީހަށް

އަލިމަނިކު ދޫކޮށްލި ގޮތް ސަރުކާރުން ސާފުކޮށް ނުދޭތީ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 6 މޭ 2021 ގައި ދިން ބޮމުގެ ހަމަލާ ރޭވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އަލީމަނިކު އަށް މައާފުދީ އަދަބު ލުއިކޮށްދިން ގޮތް މަޖިލީހުން ތަކުރާރުކޮށް އެދުމުންވެސް ސަރުކާރުން ބުނެނުދިނުމުން އެމައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

މެއި، 2021 ގައި ނަޝީދަށް ދިން ހަމަލާއަށް ފަހު ހިންގި އޮޕަރޭޝަންގައި އަލިމަނިކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއެވެ. ޓެރަރިޒަމްގެ އެހެން ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަދަބު ލުއިކޮށްދީ އަލިމަނިކު ދޫކޮށްލީ 2019 ވަނަ އަހަރުއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވި ސިޓީގައިވަނީ އަލިމަނިކު ދޫކޮށްލީ 2019 ވަނަ އަހަރު ކަމަށް ވިޔަސް، އެކަމާބެހޭ ރިޕޯޓް ކަރެކްޝަންސްއިން ހަދާފައިވަނީ ސެޕްޓެމްބަރު، 2021 ގައި ކަމަށެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ދެ ފަހަރަށް ރައީސް އޮފީހުގައި އެދުމުން ވެސް ޖަވާބެއް ދީފައިނުވާ ކަމަށް އެ ސިޓީގައިވެއެވެ.

ހަސަން ލަތީފް މަޖިލިސް ރައީސްއަށް ފޮނުވި ސިޓީގައި ވިދާޅުވީ އަދަބު ލުއިކޮށްދިނުމުގެ އުސޫލުތަކުގައި ގައިދީއެއްގެ އަދަބު މައާފުކޮށްދޭއިރު އޭނާގެ އަޚުލާޤީ ރިޕޯޓާއި ޑިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމެވެ.

މިކަންކަން ފާހަގަކުރެވުމުން އަލިމަނިކުގެ އަދަބު ލުއިކޮށްދިނުމުގައި އަމަލުކޮށްފައިވާ ގޮތް އޮޅުންފިލުވަން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އެދުމުގެ މަތިން ދެ ފަހަރެއްގެ މަތިން 17 އޮކްޓޯބަރު 2021 ގައާއި 23 މޭ 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަޖިލީހުގެ އިދާރާއިން އެދުނެވެ.

އެ ދެ ފަހަރު އެދިގެންވެސް އަލިމަނިކުގެ އަދަބުލުއިކޮށް ދިނީ ކިހިނެއްކަން އަދި އެކަމުގައި އަމަލުކުރި ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހާއި ހިއްސާނުކުރެއެވެ. އެކަމުގައި އެ އޮފީހުގެ ބަލެއް ލިބިފައިނުވާކަމަށް ޙަސަނުގެ ސިޓީގައި ވިދާޅުވިއެވެ.

އޭނާ ސިޓީގައި ނަޝީދުގެ އަރިހުން އެދިވަޑައިގެންފައިވަނީޢަލިމަނިކަށް މައާފުދިން ގޮތާމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަހެއް ހޯއްދަވައިދެއްވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *