ޗެލްސީ އަތުން ލިބުނު ޕޮއިންޓާއެކު ޓޮޓެންހަމް އެއްވަނައަށް

ޗެލްސީ އަތުން ލިބުނު ޕޮއިންޓާއެކު ޓޮޓެންހަމް އެއްވަނައަށް

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު ޓޮޓެންހަމް އެއްވަނައަށް ޖެހިލައިފިއެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޓިމޯ ވާނާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ. ޓޮޓެންހަމްގެ ސާޖް އޮރިއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

ދެ ވަނަ ހާފުގައި ޗެލްސީގެ ޓެމީ އަބްރަހަމް އަށް ރަނގަޅު ބޯޅަތަކެއް ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެލްސީގެ އޮލިވިއޭ ޖިރޫޑަށް އެ ޓީމު މޮޅުކޮށްދޭން ލިބުނު ރަނުގެ ފުރުސަތު އޭނާ ނަގާލިއިރު، އޭގެ ކުރިން މޭސަން މައުންޓް ޖެހި ޝޮޓެއް ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

މިއީ 2015 ވަނަ އަހަރަށް ފަހު ޓޮޓެންހަމާއި ޗެލްސީ ކުޅުނު މެޗެއް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.

ކުޅުނު 10 މެޗުން އެއް ވަނައިގައި އޮތް ޓޮޓެންހަމާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ފައިދާގެ ގޯލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *