ވިޔަފާރި ކުރަންދާއިރު ގެއިން ކޮތަޅު ހިފައިގެން ވަޑައިގަންނަވާ: އިކުރާމް

ވިޔަފާރި ކުރަންދާއިރު ގެއިން ކޮތަޅު ހިފައިގެން ވަޑައިގަންނަވާ: އިކުރާމް

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2023 11:07
0

ވިޔަފާރި ކުރަންދާއިރު ގެއިން ކޮތަޅު ހިފައިންގެ ދިއުމަށް އާދަކުރައްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ގޮވާލައިފިއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކޮތަޅުނަށް ނަގާ ފީ ބޮޑުކުރުމަށް ނިންމައި، ގެނައި ބަދަލާއިއެކު އާންމު ރައްޔިތުންގެ އަތުން ހޭދަވާ ފައިސާގެ އަދަދު ކުޑަކުރުމަށް ސަރުކާރުން މިންމާފައިވާ ނިންމުން އަލުން މުރާޖާ ކުރަން ޖެހޭކަމަށް ދީނި އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ގޮވާލުމާއި ގުޅިގެންނެވެ.

ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތަސްދީޤު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ. މިނިންމުމަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ. މިބަދަލާއިއެކު ގިނަ ބައެއްގެ ފާޑުކިއުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ޝައިޚު ޒައިދުގެ ވާހަކަތަކާއި ގުޅިގެން އިކްރާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ޕްލާސްޓިކާއި ދުރު ބަޔަކަށް ރާއްޖޭގެ ރައްޔިތުން ހެދުންކަމަށެވެ. އެނިންމުމުގެ ދަށުން ކޮތަޅު ގެންގުޅުން މަދު ކުރުމަށް ގެނައި އިސްލާހާއިއެކު އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ.

ޕްލާސްޓިކް ކޮތަޅު ގެންގުޅުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ލިބޭ ކަމެއްކަމަށް ވާއިރު، އަލުން އެ ގެންގުޅެން ހިތްވަރު ނުދެއްވާ. ވިޔަފާރި ކުރަންދާއިރު ގެއިން ކޮތަޅު ހިފައިންގެ ދިއުމަށް އާދަކުރައްވާ.

– އިކްރާމް ވިދާޅުވިއެވެ.

ކޮންމެ ކޮތަޅަކަށް ސަރުކާރަށް 2ރ. ދައްކަން ގާނޫނު ބުނި އިރު، ކުރިން ހިލޭ ލިބުނު ކޮތަޅަކަށް އާންމު މީހާ 5ރ. ދައްކަން ޖެހެއެވެ. ރާއްޖެ އަކީ، ދިރިއުޅުމުގެ އާދަތައް އޮތްގޮތުން ޕްލާސްޓިކް ކޮތަޅާ ނުލައި އުޅެވެން ވެސް އޮތް ގައުމެއް ނޫނެވެ. އަދި، ތިމާވެއްޓަށް ކިތަންމެ ލޯބި ކުރިޔަސް ޕްލާސްޓިކް އެއްކޮށް މުޅިން ދޫކޮށްލެވޭކަށް ވެސް ނެތެވެ. ދިރިއުޅުމާ ގުޅިފައިވާ ކަންކަމުގައި ޕްލާސްޓިކް މަދުކުރެވުނަސް، ޕްލާސްޓިކް ކޮތަޅާ ނުލައި އުޅެވޭނެ ގޮތެއް ނެތީ، އެ ވަސީލަތްތައް ރާއްޖޭގައި ނެތީމައެވެ. އެހެންވެ، ގާނޫނަށް ގެނައި ބަދަލާ އެކު އާންމުންނަށް އަނެއްކާ ވެސް ވަނީ އިތުރު ބުރަޔަކާ ކުރިމަތިލާން ޖެހިފައެވެ.

ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަލަން
ކިހިނެއްގެއިން ކޮންމެމީހަކު ކޮތަޅު ގެންދާނީ 20 ރުފިޔާ އައްދޭ ކޮތަޅު ބޮނޑިއެއްވެސް 200 ރުފަިޔާށޭލިބެނީ ގަންނަން ކިޔާ އަޑުއަހަން. ދެންކިހިނެއް ގެއިން ކޮތަޅު ގެންދާނީ ގޭގެއަކު ކޮތަޅު ފެކްޓްރީ އެއްނުހުރޭ ދޯ ހަމަޖެހޭ ޒާތުގެ ވާހަކައެއް ނުދައްކާ މެންބަރުންވެސް އެމީހުންނައް އޯކޭވާނެ ބޮޑު މުސާރަލިބޭނެ ލައްކައިން!!!
ސ ސާކިރުބޭ
ގޭގަކޮތަޅުހަދަނީތަ ގެއިންކޮތަޅުހިފައިގެންދާން
އ އިސްމާއީޅް
ވިޔަފާރި ކުރަންދާއިރު ގެއިން ކޮތަޅު ގެންދާ ގޮތައް ވޯޓް ހޯދަން ރައްޔިތުން ކައިރިޔަށް ކޮތަޅުފުރާ ފައިސާ އަލާ ފުރައިގެން އަންނަން ހަނދާކުރާތި އެއިރުން ވޯޓް ލިބޭނީ
ރ ރަޝީދު ފޭދޫ
ގެއިން ކޮތަޅުހިފައިގެން ދާށޭ މިކިޔަނީ ރައްޔިތުންނައް ކުރާ މަލާމާތެއް ސަބަބަކީ ކޮނމެކޮތަޅަކުން ދެރުފިޔާ ނަގަން ބުނެފާ މިއަންގަނީ ވިޔަފާރިވެރިންނައް މިއަންގަނީ ހިތުހުރިވަރަކައް ތަކެތި އަގުބޮޑު ކުރާށޭ މިކަހަލަ ނުބައި ނުލަފާ ޙާއިނުންތަކެއްގެ މައްޗައް ބޮޑުވެގެންވާ ބާމުސީބާތެއް ފާކުރައްވައިފާދޭވެ އާމީން