އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ޓީމުން ދިން އެއްބާރުލުމަށް ޕީޕީއެމުން ޝުކުރު އަދާކޮށްފި

އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ޓީމުން ދިން އެއްބާރުލުމަށް ޕީޕީއެމުން ޝުކުރު އަދާކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2023 12:15
0

ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ޓީމުން ޕީޕީއެމްއަށް ދިން އެއްބާރުލުމަށް އެޕާޓީން ޝުކުރު އަދާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ.ގުރައިދޫ، ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބުކުރައްވާފައި ވަނީ 120 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ފިޔާތޮށިގެ، ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓަށް މަރުހަބާ ދަންނަވައި، މިއަދގެ މަޖިލީހުގައި ވާހަކަ ދައްކަމުން ޕްރޮގްރެސިވް ކޯލިޝަންގެ، ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ މިއިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ޓީމުން ބޮޑު އެއްބާރުލުމެއް ދިންކަމަށެވެ. އެކަމަށްޓަކައި އެޓީމުގެ މެމްބަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންތިހާބުގައި ވަރަށް ވާދަވެރިކޮށް މަސައްކަތް ކުރެއްވި އަދި ޕީޕީއެމަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ޝުކުރު ދަންނަވަމުން މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

– އާދަމް ޝަރީފު ވިދާޅުވިއެވެ.

މިއިންތިޚާބުގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ އެއްވެސް ބޭފުޅަކު އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވެފައި ނުވެއެވެ. އަދި އިންތިޚާބަށްފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުވެސް ވަނީ އިންތިޚާބުގައި އެމްޑީޕީގެ ތެރެއިން ބަޔަކު ޕާޓީ ކެނޑިޑޭޓާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ބައި ގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމް.ޑީ.ޕީއިން ހޯދި ކާމިޔާބީ އެޕާޓީއިން ދެކެނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އިންތިޚާބުގައި ވާދަވެރި އަދި އިދިކޮޅު މައި ޕާޓީ ޕީ.ޕީ.އެމްއަށް މެޖޯރިޓީ ލިބުނީ އެންމެ ފޮށްޓަކުންނެވެ. މާލެއާއި، ގުރައިދޫ ދާއިރާގެ 3 ރަށުގައި ބެހެއްޓި 6 ފޮށީގެ ތެރެއިން ޕީ.ޕީ.އެމްއަށް މެޖޯރިޓީ ލިބުނީ ގުރައިދޫ ދާއިރާގައި ބެހެއްޓި 2 ނަންބަރު ފޮށިން އެކަންޏެެވެ. ދެން ބެހެއްޓި 5 ފޮށިންވެސް ކުރި ހޯދައި އިންތިޚާބު ކާމިޔާބުކުރީ އެމް.ޑީ.ޕީގެ ކެނޑިޑޭޓް މުޙައްމަދު ޝާޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިބެ ހުޅުމާލެ
އެހެންވީމާ ޕީޕީއެމުން އެކަނި ނުކުތްނަމަ, ހޯދާވެސް ނުފެނީސްތާއެވެ. .ކުރިން އެހާ ބޮޑު ތާއީދު އޮތް ތަންތަނުން ފެއިލްވާއިރު އެހެން ތަންތަނުން ވާނެގޮތް އަދުރޭގެ ހިސާބަށްވެސް މިހާރު އެގޭނެއެވެ.