ބީއެމްއެލްގެ ކަސްޓަމަރުންނަށް ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު

ބީއެމްއެލްގެ ކަސްޓަމަރުންނަށް ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު

Author
ހުސެއިން
12 އޭޕްރިލް 2023 05:44
0

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ކަސްޓަމަރުންނަށް މިއަދު އައު ޕްރޮމޯޝަން އެއް ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.