ބްރިޖު އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ބްރިޖު އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2023 03:50
0

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި، އެހެން ސައިކަލަކުން ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މި އެކްސިޑެންޓް ހިނގީ ރޭ 11:30 ހާއިރު ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކުރަންޖެހޭ ވަގުތެއްގައި މަޑުނުކޮށް ދިޔަ ސައިކަލެއްގައި، އެހެން ސައިކަލަކުން ޖެހުމާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ވެންޓިލޭޓަރުގެ މީހާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓްގައި 31 އަހަރުގެ މީހަކަށާއި 47 އަހަރުގެ މީހަކަށްވެސް އަނިޔާވެގެން ސެނަހިޔާ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ބްރިޖު ސަރަހައްދާއި ހުޅުލެ ހުޅުމާލެ ހައިވޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މިހިނގާ ރޯދަ މަހު އިތުރު ފުލުހުންވެސް ވަނީ މަގުމައްޗަށް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.