ޝާހިދު އާއި ކްރިތީ ގެ ފިލްމް އޮކްޓޯބަރުގައި

ޝާހިދު އާއި ކްރިތީ ގެ ފިލްމް އޮކްޓޯބަރުގައި

Author
ފާތިމަތު ނާވީ
10 އޭޕްރިލް 2023 07:10
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮން އެކުގައި ކުޅުން އަލަތު ފިލްމް އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ. މި ފިލްމް އަކީ މިހާތަނަށް އަދި ނަމެއް ދީފައި ނުވާ ފިލްމް އެކެވެ

މި އަހަރުގެ އޮކްޓޯބަރުގައި މި ފިލްމް ގެނެސްދޭން ނިންމައި އޭގެ، ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކައިލައިފައިއެވެ.  މި ފިލްމް އަކީ ތަފާތު ލޯބީގެ ފިލްމް އެއް ކަމަށް ވެއެވެ.

ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ފިލްމް އޮކްޓޯބަރުގައި އެޅުވި ނަމަވެސް ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މި ފިލްމް ގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ އާއި ދަރްމެންދުރާ ވެސް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކުރި އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.