މި ފަހުން ބޭއްވި އެންމެ ވަރުގަދަ އެއް އިވެންޓް ކަމުގައިވާ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ތީނާގެ ނީތާ އަމްބާނީ ކަލްޗްރަލް ސެންޓަރު ހުޅުވަން ބޭއްވި ކުލަ ގަދަ ހަފްލާ ގައި ގިން ބައެއްގެ ލޮލުގައި އަޅައިގަތި މިހާރު ވަރަށް ލޯބި ކަޕުލް އެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި ޒުވާން ލޯބިވެރިއާ ސަބާ އަޒާދްއެވެ.
މުޅި ބޮލީވުޑް ކަހަލަ ގޮތަކަށް ހާޒިރުވި މި ހަފްލާގެ ތެރެއިން ނަގައިފައިވާ ބައެއް ފޮޓޯ ތަށް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައިއެވެ. އެއާއި އެކުގައި ސަބާ އާއި ރިތިކް ގެ ފޮޓޯ އެއް ވެސް މި ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.
މި ފޮޓޯގައި ފެނިގެންދަނީ ސަބާ ފެޝަން ޑިޒައިނާ އެއް ކަމަށްވާ އަމިތް އަގަރްވާލް އާއި އެކުގައި ފޮޓޯ އަކަށް ހުއްޓި ހުންނާ އިރުގައި ބެކްގްރައުންޑް ގައި ރިތިކް ހުންނަ ތަނެވެ. އަދި ފަހަތުން ރިތިކް ފެންނަ އިރުގައި އޭނާ ހުންނާނީ އެހެން މީހަކާ ވާހަކަ ދައްކާށެވެ. އެންމެ ގެ ލޮލުގައި ވެސް އަޅަިއގަތީ ރިތިކް ސަބާގެ ފައިވާން ހިފައިގެން ހުރި ތަނެވެ.
އަމިތް އަކީ މި އެވެންޓްގައި ސަބާ ލައިގެން ހުރި ހެދުން ފަރުމާ ކުރި ޑިޒައިނަރެވެ. އޭނާގެ އިންސްތްގާމްގައި މި ފޮޓޯ އާއި އެކުގައި ހެދުން ފަރުމާ ކުރުމަށް ކުރި މަސައްކަތް ދައްކުވައިދޭ ފޮޓޯއެއްވެސް ވަނީ ހިއްސާ ކޮށްފައިއެވެ.
ރިތިކް އޭނާގެ 14 އަހަރުގެ ކައިވެނި ރޫޅާލީ 2014 ވަނަ އަހަރުގައިއެވެ. އެކައިވެނިން ރިތިކް އަށް ވަނީ 2 ފިރިހެން ކުދިން ވެސް ލިބިފައިއެވެ. ސަބާ އާއި ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން ފަޅާއެރީ މިދިއަ އަހަރުގައިއެވެ.
ކޮމެންޓު ފޮނުވާ