މޮއާނާ" އަސްލު އެކްޓަރުންނާއި އެކުގައި ގެެނެސްދެނީ

މޮއާނާ" އަސްލު އެކްޓަރުންނާއި އެކުގައި ގެެނެސްދެނީ

Author
ފާތިމަތު ނާވީ
09 އޭޕްރިލް 2023 02:54
0

މަޝްހޫރު ކާޓޫން ޑިޒްނީގެ އެނިމޭޝަން 'މޮއާނާ' ގެ ލައިވް-އެކްޝަން ފިލްމެއް ހަދަން ނިންމައިފި އެވެ.

މީގެ 7 އަހަރު ކުރިން ގެނެސް ދިން މި ކަޓޫން އަކީ ވަރަށް މަގުބޫލު ކާޓޫން އެކެވެ. މީ ކަޓޫން އަށް ދިރުން ގެެނެސްގެން އަސްލު އެކްޓަރުންނާއި އެކުގައި ހެދުމަށް ނިންމައި އިއުލާން ކޮށްފައި ވާއިރުގައި އެ ފިލްމުގެ މައިގަނޑު އެއް ކެރެކްޓާގެ ގޮތުގައި ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން (ރޮކް) ފެނިގެންދާނެއެވެ.

'މޮއާނާ’ގެ ލައިވް އެކްޝަން ފިލްމެއް ހަދަމުން އަންނަކަން އެ ފިލްމުގެ ތަރި ރިކް ވަނީ އިއުލާން ކޮށްފައިއެވެ. އޭނާ ނިސްބަތްވާ ހަވާއީގެ އޮއާހޫގެ ޗާލު ގޮނޑުދޮށެއްގައި އޭނާގެ ދެ އަންހެން ދަރިންނާ އެކު ނަގާފައިވާ ވީޑިއޯއެއްގައި އޭނާ އެކަން އިއުލާން ކޯށްފައި ވާއިރުގައި އޭނާ އެ ކެރެކްޓާ ތަމްސީލްކޮށްދެނީ މިހާރު މަރުވެފައިވާ އޭނާގެ ކާފަގެ ހަނދާނުގަ އެވެ.

 

View this post on Instagram

 

A post shared by Dwayne Johnson (@therock)

"މޮއާނާ" އަކީ ޖޯން މަޒްކާ ޑައިރެޓްކޮށް 2016 ގައި ގެނެސްދިން މިއުޒިކަލް އެޑްވެންޗާ ފެންޓަސީއެކެވެ. ޖުމްލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 682.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.

ޑިޒްނީގެ އެހެން ބައެއް އެނިމޭޓެޑް ކްލެސިކްތައް ވެސް ކާމިޔާބުކަމާ އެކު ލައިވް އެކްޝަން ފިލްމުގެ ގޮތުގައި ނެރެފައިވެ އެވެ. އޭގެ ތެރޭގައި "ދަ ޖަންގަލް ބުކް"، "ބިއުޓީ އެންޑް ދަ ބީސްޓް"، "ލަޔަން ކިންގް"، "ޑަމްބޯ"، "އަލައްދިން"، "މުލާން" އަދި "ޕިނޯކިއޯ" ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.