ކުރީގެ ބަތަލާ ބިޕާޝާ ބަސޫ އާއި ކަރަން ސިންގް ގްރޯވާ ގެ އަލަތު ދަރިފުޅުގެ ސާފު މޫނު ފެންނަ ފޮޓޯއެއް ބިޕާޝާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެކެވެ.
މިދިއަ އަހަރު ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އުފަންވި އެމީހުންގެ ދަރިފުޅުގެ ނަމަކީ ދޭވީ އެވެ. މިހާތަނަށް އެއްވެސް ވަރަށް އެކުއްޖާގެ މޫނު ފެންނަ ފޮޓޯ އެއް އެ ދެމަފިރިން ކުރެ އެކަކުވެސް އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެއް ނުވެއެވެ. އަދި އެކުއްޖާ ގޮވައިގެން ބޭރުތެރޭގައި އުޅެފައި ވެސް ވާތަނެއް ފެނިފައި އެއް ނުވެއެވެ.
5 މަސް ވެފައިވާ ދޭވީ ގެ ފޮޓޯ ހިއްސާ ކުރުމާއި އެކުގައި އެ ފޮޓޯ ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ. އަދި ގިނަ ބަޔަކު ވަނީ އެ ފޮޓޯ އަށް ކޮމެންޓް ކޮށް އެކުއްޖާ ވަރަށް ލޯބި ކަމަށް ބުނެފައިއެވެ. އަދި ބައެއް މީހުން ވަނީ އެކުއްޖާ ވައްތަރު ވެސް އަޅާ ކިޔައިފައިއެވެ.
އެ ކުއްޖާއަށް ކިޔަނީ ދޭވީ ބާސޫ ސިންގް ގްރޯވާ އެވެ. މިއީ ބިޕާޝާ އާއި ކަރަންގެ އަލަތު ދަރިފުޅެވެ. ބިޕާޝާ، 44، އާއި ކަރަން، 41، ކައިވެނި ކުރީ 2016 ވަނަ އަހަރުގައިއެވެ.
ކޮމެންޓު ފޮނުވާ