އަނެއްކާވެސް މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެ

އަނެއްކާވެސް މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެ

Author
އަޒްފާ ރަޝީދު
03 އޭޕްރިލް 2023 09:22
0

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ނިމިގެންދިޔަ ހަފްތާގައި ރާއްޖެ އިން 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. މީގެ އިތުރުން ކޮވިޑްއަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ ސިނާއީ މަސައްކަތް ކުރާ ރަށްތަކުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގަކަމަށް ވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް 19 ޖެހިފައިވަނީ ޖުމްލަ 185،810 މީހުންނަށެވެ. އަދި މި ބަލީގައި 311 މީހަކު ރާއްޖެއިން ނިޔާވެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.