ސަރުކާރު ހިންގާ ކޯލިޝަނަށް އެކީގައި ނުތިބެވުނީތީ ހިތާމަ ކުރާކަމަށާއި، އެހެންނަމަަވެސް އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކަރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ ދެން އެންމެ ބޮޑު ޕާޓީގެ ފަރާތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން މިއަދު ގާސިމް އިބުރާހިމް އިއުލާންކޮށް، އަދި އެމްޑީޕީގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތަށް ތާއީދު ކުރާ، ސަރުކާރުގެ އިސް ބައެއް ފަރާތްތައް މަގާމުން ވަކިކުރަމުން ދަނިކޮށް ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ވާނުވާ މިހާރު ދަނީ ސާފުވަމުން" ކަމަށާއި، "މައިދާ މިހާރު އޮތީ ހަނގުރާމައަށް ފައްކާވެފައި" ކަމުގައެވެ.
އަދި އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެކަމަށްވެސް އޭނާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
The pieces are falling into place. The battle ground is set. The known unknown is getting clearer. Looking forward to interesting days ahead. It is indeed a pity that we are unable to continue this journey together. Insha Allah 2023 and victory is ours. KKBK. #MDP2023
— Fayyaz Ismail (@faya_i) March 30, 2023
އަދި އޭގެ އިތުރުން، ކުރިޔަށް އޮތީ ވަރަށް ޝައުގުވެރި ދުވަސްތަކެއް ކަމުގައިވެސް ފައްޔާޒުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން ގާސިމް އިބުރާހިމް އިއުލާންކޮށް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގާސިމް އިބުރާހިމްއާއި ކޯލިޝަން ހެދުމަށް މަޝްވަރާތައް ފެށުމާއެކު، އެ މަޝްވަރާތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިހާރުވަނީ ރައީސް ސާލިހުގެ ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައެވެ.
އޭގެ ތެރޭގައި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެއިން އަމްރުއާއި، ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒުއާއި އެގްރޯ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދުވެސް ހިމެނެއެވެ. އޭގެ އިތުރުންވެސް ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތަށް ތާއީދުކުރާ، އެމްޑީޕީގެ އެހެން ބައެއް މެމްބަރުންވެސް މިހާރު ވަނީ ވަޒީފަތަކުން ވަކިކޮށްފައެވެ.
One Response
ނޫސްވެރިޔަކަސް ފައްޔާޒްގެ ޓުވީޓް ތަރުޖަމާކުރާއިރު އެއްކޮށް ތަރުޖަމާކޮއްލިނަމަ ނޫސްކިޔާ މީހުން ތިލިޔާއެއްޗެއް ރަަގަޅަށް އެގޭނެކަން ޔަގީނެއެވެ.It is indeed a pity that we are unable to continue this journey together. މިތަށް ކޮޅު ތަރުޖަމާ ކޮއްލަށް ނޭގުނީތޯއެވެ