ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ގެ ފިލްމު "މައިދާން" ގެ އާ ޕޯސްޓަރަކާ އެކީ އެ ފިލްމު ރިލީޒްކުރަން ނިންމާފައިވާ އާ ތާރީހު އިއުލާންކޮށްފި އެވެ.
ނުނެރެވި ލަސްވަމުންދާ މި ފިލްމް އެޅުވުމަށް ތާރީހްތަށް 2020 އިން ފެށިގެން އައީ އިއުލާން ކުރަމުންނެވެ. ކޮންމެ ފަހަރަކުވެސް ފިލްމް ނޭޅުވި އައު ތާރިކަށް ބަދަލުވެގެން ދަނީއެވެ. އެންމެ ފަހުން ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތީ މިދިއަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހަށެވެ.
ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 23 ގަ އެވެ.
އަޖޭގެ ކެރިއަރަށް އިތުރު ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ފިލްމަކަށް މި ފިލްމު ވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ގަބޫލު ކުރާ ފިލްމު ނެރުން މިހާ ލަސްވެގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. މި ފިލްމް މީގެ ކުރިން އަޅުވަށް ގިނަ ތާރީހް ތަކެއް ދީފައިއެވެ.
އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.