"މައިދާން" ގެ އާ ޕޯސްޓަރެއް ދައްކައިލައިފި

"މައިދާން" ގެ އާ ޕޯސްޓަރެއް ދައްކައިލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންގެ ނުނެރެވި ލަސްވަމުންދާ ފިލްމު "މައިދާން" "މައިދާން" ގެ އާ ޕޯސްޓަރު ތަކެއް ދައްކައިލައިފިއެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން ރިލީޒް ކުރާ ތާރީހް އިއުލާން ކުރި ނަމަވެސް ކޮންމެ ފަހަރަކުވެސް ތާރީހް އަންނަ އިރުގައި އިތުރު ތާރީހެއް ފިލްމް އަށް ދެއެވެ. ނިންމައިފަިއ އޮންނަތާ ގިން ދުވަސް ތަކެއް ވެފައިވާ މި ފިލްމް އެޅުވުން މިހާ ދިގުލައިގެން ދާއިރުގައި މީ ވަރަށް އުންމީދީ ފިލްމްއެއްގެ ގޮތުގައި ބެލެވޭ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

އަޖޭގެ ކެރިއަރަށް އިތުރު ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ފިލްމަކަށް މި ފިލްމު ވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ގަބޫލު ކުރާ ފިލްމު ނެރުން މިހާ ލަސްވެގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. މި ފިލްމް މީގެ ކުރިން އަޅުވަށް ގިނަ ތާރީހް ތަކެއް ދީފައިއެވެ.

އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.

ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ ގެ  ޓީޒާ ބުރާސްފަތި ދުވަހު އާންމުކުރާނެ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *