"ދަ ކްރޫ" ގެ ޝޫޓިން ފަށައިފި

"ދަ ކްރޫ" ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ހުނަރުވެރި ތިން ބަތަލާއިން ކަމުގައިވާ ތައްބޫ އާއި ކަރީނާ ކަޕޫރު އަދި ކްރިތީ ސެނޮން އެކުގައި ފެނިގެންދާ ފިލްމް "ދަ ކްރޫ" ގެ ޝޫޓިން ފަށައިފިއެވެ.

ކްރިތީ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ފިލްމްގެ ޝޫޓިން ފެށިކަން އިއުލާން ކޮށް ޕޯސްޓެއް ކޮށްފައިއެވެ. ތިން ތަރިން މައިގަޑު ރޯލު ކުޅޭ މި ފިލްމް ގެ ރޯލަކުން ދިލްޖީތް ދޮސާންޖާ ވެސް ފެނިގެންދާނެއެވެ.

އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމު ރަސްމީކޮން އިއުލާން ކުރީ މިދިއަ އަހަރުގައިއެވެ. ފިލްމް ގެ ލީޑުން ފެނިގެންދާނީ 3 އަންހެން ތަރިންނެވެ. މީ މި ތިންތަރިން އެކުގައި ފިލްމް އަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

 

ރާޖޭޝް ކްރިޝަންނަން ޑައިރެކްޓް ކުރާ "ދަ ކްރޫ" ގެ ޝޫޓިން ފެށި ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. މިއީ އޭވިއޭޝަން ދާއިރާގައި އުޅޭ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.

މި ފިލްމް އަކީ ""ވީރޭ ދީ ވެޑިން" އަށް ފަހު އެކްތާ އަދި ރިއާ ގުޅިގެން ހަދާ ދެވަނަ ފިލްމްއެކެވެ. "ވީރޭ ދީ ވެޑިން"  އަކީވެސް ލީޑުން ހުސް އަންހެނުން ފެނިގެންދިއަ ފިލްމްއެކެވެ. އޭގެ އެއްބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *