ސައުދީ އަރަބިއާއަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއާއަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

Author
ހުސެއިން
21 މާރޗް 2023 09:18
0

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ސައުދީ އަރަބިއާއަށް މިހަފްތާގެ ބުރާސްފަތި ދުވަސްކަމުގައި އެގައުމުން ނިންމާއިފިއެވެ.

ސައުދީ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު އެގައުމަށް ރަމަޟާންމަހުގެ ހަނދު ފެނިފައި ނުވާތީއެވެ.

އަހަރުގެ ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރު ކަމުގައިވާ ރަމަޟާންމަހު މިއަރުވެސް ދުނިޔޭގެ 1.8 ބިލިއަން މުސްލިމުން މި މައްސަރުގައި ރޯދައަށް ތިބޭނެއެވެ. މިމައްސަރު މުސްލިމުންނަށް ޚާއްސަވެގެންވާ އެންމެ މުހިންމު އެއް ސަބަބަކީ މިމައްސަރަކީ ގުރުއާން ބާވާލެއްވުނު މައްސަރު ކަމުގައިވެސް ވާތީއެވެ.

ރޯދައަކީ އިސްލާމްދީނުގެ 5 ރުކުނުގެ ތެރޭގައި ހިމެނޭ އެއް ރުކުނެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ އެމައްސަރުގައި ރޯދައަށް ހުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ.

ދިވެހިރާއްޖޭގައިވެސް ރަމަޝާންހަށް ހަނދު ނުފެނިއްޖެނަމަ، އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ނުފެނިއްޖެނަމަ، އާންމުކޮށް އަމަލްކުރަމުންދަނީ ސައުދީ އަރަބިއާގެ ނިންމުމާއެއް ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.