ސައިފް އަލީ ޚާންގެ 2021 ގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް""ބޫތު ޕޮލިސް"ގެ ޑައިރެކްޓަރ ޕަވަން ކްރިޕްލާނީގެ ކުރިއަށް އޮތް ފިލްމް "ގޭސްލައިޓް" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
ފިލްމްގެ ލީޑުން ފެނިގެންދާނީ ސާރާ އަލީ ހާން އާއި ޗިތުރަންގަދާ ސިންގް އަދި ވިކްރާންތު މަސީ އެވެ. ފިލްމް ގެ ޝޫޓިން ނިންމައި މިހާރު ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް ދާއިރުގައި ފިލްމްގެ ޕްރޮމޯޝަންތަށްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެއެވެ.
މި މަހުގެ 31 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައިފައިވާ މި ފިލްމް ގެ ފުރަތަމަ ޕޯސްޓަރުގައި ފިލްމްގެ ލީޑުން ފެނިގެންދާނެ ތިން ތަރިން ވަނީ ހިމަނައިފައިއެވެ.
"ގޭސްލައިޓް" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މި ފިލްމް ވަރަށް ތަފާތު ފިލްމް އަކަށް ވެގެން ދާނެ ކަމަށް ބެލެވެއެވެ. ފިލްމު ޕްރޮޑިއުސްކުރީ އެ ފިލްމު ވެސް ޕްރޮޑިއުސްކުރި ރަމޭޝް ތައުރާނީ އެވެ.
ކޮމެންޓު ފޮނުވާ