މަޝްހޫރު ފްރެންޗައިޒް "ހޭރާ ޕޭރީ 3″ އިން ލޯރެއް ދިނުމަށް ގާތް މިތުރެއް ކަމުގައިވާ އެކްޓަރު ސަންޖޭ ދަތު އާދޭސް ކުރިކަމަށް އެ ފިލްމް ގެ ލީޑް އެއް އެކްޓަރު ސުނިލް ޝެޓީ ބުނެފިއެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސުނިލް ޝެޓީ ވަނީ ސަންޖޭ ދަތުގެ ރޯލެއް ފިލްމް އިން ފެނިގެންދާނެ ކަން ކަށަވަރު ކޮށްދީފައިއެވެ. އެނާ ބުނީ މި ފިލްމް އެހެން ހަރުފަތަކަށް ސަންޖޭ ގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"މި ފިލްމުން ރޯލެއް ހޯދުނީ ވަރަށް ވަރަކުން. އޭނާ ވަރަށް އާދޭސް ކޮށްގެން. އެކަމަކު ފިލްމް އިން ސަންޖޭ ފެނިގެން ދިއުމަކީ މުޅި ފިލްމް އަށް ވެސް ލިބޭނެ ކުރިއެރުމެއް. އޭނާގެ ކޮމެޑީ އަކީ ހަމަ އެއްވަނަ. އަނެއްކޮޅުން އަހަރުމެން އެންމެންނަކީ ވެސް ވަރަށް ރަހުމަތެރިން ހަމަ މިތުރުން."
ނަމަވެސް މި ފިލްމް އަށް ސަންޖޭ ގެ ކެރެކްޓާ އެއް ކުރުމުން ފިލްމް އިތުރަށް ވަރުގަދަ ވެގެން ދިއަ ނަމަވެސް މި ފިލްމްގައި އަދި ސަންޖެ ކުޅޭ ރޯލެއް ނޭގެއެވެ. ނަމަވެސް ސަންޖޭ އަކީ ކޮމެޑީ ފިލްމް ތަކަށް އައު ތަރިއެއް ނޫނެވެެ.
އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އަދި ޝޫޓިން ފެށިފައިއެއް ނުވެއެވެ. ނަމަވެސް ފިލްމް ގެ ލީޑް ތިން ތަރިން ވަނީ ޕްރޮމޯއަކަށް ޝޫޓްކޮށް ސެޓުން ނަގާފައިވާ ފޮޓޯ އެއް ވެސް ހިއްސާ ކޮށްފައިއެވެ.

މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން އައި އެއްޗެކެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު. "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.
ކޮމެންޓު ފޮނުވާ