އެމްއެންޕީގެ ކެނޑިޑޭޓް އާރިފްގެ ކެމްޕޭން ފަށައިފި

އެމްއެންޕީގެ ކެނޑިޑޭޓް އާރިފްގެ ކެމްޕޭން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2023 05:07
0

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައިި ވާދަކުރާ ކ. ގުރައިދޫ ފިޔާތޮށިގެ އަލި އާރިފްގެ ކެމްޕެއިން ހަރަކާތްތައް އެދާއިރާގައިި ފަށައިފިއެވެ.

ކެންޑިޑޭޓް ތައާރަފް ކުރުމަަށާއި، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރާ މި ދަތުރުގައި އެމްއެންޕީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއެވެ. މިދަތުރުތަކުގަިއ އެދާއިރާގެ ތިން ރަށަށް ވަޑައިގެން ކެނޑިޑޭތް ތަޢާރަފް ކޮށް ޕޯސްޓަރު ހަރުކުރުމާއި، އެމްއެންޕީގެ ސިޔާސަތުތައް ދަނީ ހާމަކުރަނުންނެވެ.

ގުރައިދޫ ދާއިރާގެ އެމްއެންޕީގެ ކެނޑިޑޭޓް އާރިފްގެ ޝިއާރަކީ "ފުދުންތެރި ދާއިރާއަކަށް" މިއެވެ. މިއަދު އެޕާޓީން ވަނީ އަރީފަށް ތާއީދު ހޯދުމަށް ކ.މާފުށީގައި ހިންގާ ކެމްޕޭން ގެ ހަރާކާތުގެ ތެރެއިން ޕޯސްޓަރު ހަރު ކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާ ބަންދުގައި ވަނީ ދާއިރާގެ ތިން ރަށަށް ދަތުރުކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީންނާއި އަދި އިދިކޮޅު ޕީޕީއެމްއިންވެސް ވާދަ ކުރެއެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ފާއިތުވި ފެބްރުއަރީމަހު އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވައިފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިފާ ޝަރީފް
އަހަރެންގެ ވޯޓް މިފަހަރު އޮތީ ނާޒިމްއަށް Nazim2023