"ޖަވާން" ގެ ރޯލެއް ސަންޖޭއަށް

"ޖަވާން" ގެ ރޯލެއް ސަންޖޭއަށް

Author
ފާތިމަތު ނާވީ
13 މާރޗް 2023 09:23
0

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމުގައިވާ ޝާހުރުކް ހާންގެ "ޖަވާން" ގެ ރޯލަކުން ސަންޖޭ ދަތު ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އެކްޝަން ފިލްމް ގައި ސަންޖޭ ދަތު ގެ ފެނިގެންދާނީ ހާއްސަ ފެނިލުމެއް ކަމަށް ވެއެވެ. މި ރޯލަކީ މީގެ ކުރިން އައްލު އަރުޖުން އަށް ހުށައެޅި ރޯލު ކަމަށް ވެއެވެ. މީގެ ކުރިން އައްލު އަރުޖުން މި ފިލްމް އިން ފެނިގެންދާނެ ކަމަށް މީޑިއާއިން ރިޕޯޓް ކުރި ނަމަވެސް ފަހުން ވަނީ އޭނާ ނުފެންނާނެ ކަމަށް ބުނެފައިއެވެ.

ފިލްމް އަށް އައްލު އަރުޖުން ކީ އަގު ބޮޑުކަމުން އެބައަށް ސަންޖޭ ނަގައިފައިވާ ކަމަށް ވެއެވެ. އަދި މި ހާއްސަ ފެނިލުމަކީ ކުރު ނަމަވެސް ފިލްމް އަށް ވަރަށް މުހިންމު ރޯލެއް ކަމަށް ހަބަރުތަށް ބުނެއެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން ފިލްމްގެ ޓީމުން އަދި އެއްވެސް މައުލޫމާތެއް ހިއްސާ އެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

"ޖަވާން" އަކީ މުޅި ބޮލީވުޑް އަދި ސައުތުގެ ސިނަމާ އަށް ވެސް ވަރަށް ހާއްސަ ފިލްމް އަކަށް ވެގެން ދާނެއެވެ. އެއީ ސައުތު އިންޑަސްޓްރީގައި ތިބި އެންމެ ތަޖުރިބާ ކާރު އަދި އެހާމެ މަޝްހޫރު ތަރިން މި ފިލްމް އިން ތައާރަފް ވުމެވެ. މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ފެނިގެންދާނެއެވެ.

ނަޔަންތަރާ މިފިލްމް އިން ފެނިގެންދާނީ ލީޑު ބަތަލާގެ ރޯލުންނެވެ. މިއީ އޭނާ ބޮލީވުޑް އަށް ތައާރަފްވާ ފިލްމްއެވެ. އެއާއި އެކުގައި ގިން އަދަދެއްގެ ސައުތު ތަރިން މި ފިލްމް އިން ފެނިގެންދާއިރުގައި ފިލްމްގެ ޑައިރެކްޓަރަކީ ވެސް ސައުތުގެ މަޝްހޫރު ޑައިރެކްޓަރެކެވެ. "ބިގްލީ' އާއި "ތެރީ" ފަދަ ކާމިޔާބު ފިލްމް ތަށް ގެނެސްދީފައިވާ ޑައިރެކްޓަރު އެޓްލީ ކުމާރުއެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.