ނަޝީދުގެ ރަން ޒަމާން މާޒީވެއްޖެ، ރައީސް ޞާލިހު ސިހުންވާނެ ކެނޑިޑޭޓެއް ނެތް: ޝަރީފް

ނަޝީދުގެ ރަން ޒަމާން މާޒީވެއްޖެ، ރައީސް ޞާލިހު ސިހުންވާނެ ކެނޑިޑޭޓެއް ނެތް: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2023 12:32
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ރަން ޒަމާން މާޒީވެއްޖެ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސިހުންވާނެ އެއްވެސް ކެނޑިޑޭޓެއް އަދި ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސި އިންޔިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލީހާ ވާދަކޮށްލެވޭވަރުގެ ބޭފުޅަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށް ވިދާޅުވެ ދެކެވުނު ވާހަތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝަރީފްގެ ނުރުހުން މިއަދު ބޮޑަށް އަމާޒުވީ ނޫސްވެރިންނަށެވެ. އޭނާ ވިދާޅުވީ ބައެއް ނޫސްވެރިންނަށް ލައްކައެކޭ ހީވިޔަސް ރައީސް ޞާލިހު ސިހުންވާނެ އެއްވެސް ކެނޑިޑޭޓެއް އަދި ނެތްކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ރަންޒަމާން މިހާރު މާޒީވެ ނަޝީދަށް ރައީސް ޞާލިހާއި ވާދަ ނުކުރެވޭނެކަން ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއިން ދައްކާފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ބައެއް ނޫސްވެރިންނަށް ލައްކައެކޭ ހީވިޔަސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސިހުންވާނެ ކެނޑިޑޭޓެއް އަދި ފެންނާކަށް ނެތް. މުހައްމަދު ނަޝީދުގެ ރަން ޒަމާން މާޒީވެއްޖެ. އެކަން އޮތީ މާ ސާފުކޮށް ފެންނަން ޕްރައިމަރީގެ ނަތީޖާއިން.

– ޝަރީފް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު 61 އިންސައްތައިން ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދ ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި، ކުރީގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް މި އިންތިހާބުގައި ލިބިފައިވަނީ 39 އިންސައްތައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓް ވަނީ، ރަސްމީކޮށް އަރުވާފައެވެ. އިންތިހާބުން ބަލިވުމާއި އެކީ ރައީސް ނަޝީދު ވަނީ އެ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ މޭރުމުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ފައްޓަވައި ރައީސް ޞާލިހާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދު ފޭދޫ
ތިހެން އަނގަ ފުޅާކޮއްފާ ވާހަކަ ދެއްކުމައްވުރެ މާރީތިވާނެ ކަމައް އައްޑޫ ރައްޔިތުން ބުނަނީ ނަހަމަގޮތުން ތިއާއިލާއިން އައްޑޫ ގަމުގައި ހުރި މުދާ ބޭނުން ކުރި މައްސަލަ ބަލަން ބެލިއްޔާ