ސަންޖޭ ދަތު ތަމަޅަ ފިލްމަކަށް ސޮއިކޮށްފި

ސަންޖޭ ދަތު ތަމަޅަ ފިލްމަކަށް ސޮއިކޮށްފި

Author
ފާތިމަތު ނާވީ
13 މާރޗް 2023 06:28
0

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ތަމަޅަ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ. ސަންޖޭ ވަނި މިދިއަ އަހަރު ގެނެސްދިން  ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2″ ގެ ވިލަންގެ ރޯލު ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިއެވެ.

މި ފިލްމްގެ ކާސްޓާއި އެކުގައި ސަންޖޭ ނަގައިފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައިވާއިރުގައި މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ފިލްމްއެކެވެ. މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ސައުތު ގެ އެންމެ މަޝްހޫރު އެއް އެކްޓަރު ވިޖޭ އެވެ.

ވިޖޭ އަކީ އެންމެ ފަހުން ލޮކޭޝް ކަނަގަރާޖް ގެެނެސްދިން ފިލްމް "މާސްޓާ" ގެ ވެސް ލީޑުން ފެނިގެންދިއަ ތަރިއެވެ. އޭނާ އަކީ ސައުތުގެ އިންޑަސްޓަރީގައި އެންމެ ނަން ހިގާ އެއް އެކްތަރެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

"ލިއޯ"ގެ ނަން ދީފައިވާ މި ގޭންސްޓާރް އެކްޝަން ފިލްމުގެ ކާސްޓުގައި ޓްރިޝާ، އަރުޖުން، ޕްރިޔާ އާނަންދު، ބާބޫ އެންތަނީ އަދި ޖޯޖް މަރިއަން ފަދަ މަޝްހޫރު ތަމަޅަ ތަރިން ހިމެނެ އެވެ. އަދި ފިލްމްގެ ވަރަށް ހާއްސަކަމެއްވެސް ވަނީ ހިމަނާފައިއެވެ. އެއީ ޝަހުރުކް ހާން ގެ ކެމިއޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.