މިދިއަ މަހުގައި ހާޓް އެޓޭކެއް ޖެހިގެން ފާރުވާ ހޯދި ކަމަށް ބުނި ބޮލީވުޑްގެ ބަތަލާ ސުޝްމީތާ ސެން މިދިޔަ ހޮނިހިރު ދުވަހު މިހާރު ކުރިއަށްދާ ލެކްމޭ ފެޝަން ވީކްގެ ރޭމްޕުގައި ހިނގާލައިފިއެވެ.
1994 ވަަނަ މިސް ޔުނިވާސް ގެ ތާޖް ހާސިލު ކުރި ބަތަލާ ރޭމްޕްގައި ހިންގައިލައިފައިވަނީ ފެޝަން ޑިޒައިނަރު އަނޫޝްރީ ރެޑީގެ ޝޯސްޓޮޕައެއްގެ ގޮތުގައިއެވެ. އޭނާ ފެނިގެން ގޮސްފައިވަނި ޒައިނަރުގެ ރީތި ރީނދޫ ކުލައިގެ ޒީނަތްތެރި ލެހެންގާއެއް ގައިއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ ފެނިގެން ދިއައީ ވަރަށް ފިޓް ކޮންނެވެ.
ސުޝްމީތާ ސެން އަށް ދާދިފަހުން ހާޓް އެޓޭކެއް ޖެހިފައިވާ އިރުގައި މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހު ހޮސްޕިޓަލް އިން ދޫކޮށްލުމުން ސުޝްމިތާ ވަނީ އޭނާގެ ފޭނުންނާ އެކަން ހިއްސާކޮށްފަ އެވެ.
މިއާއި އެކުގައި ސުޝްމީތާ އަންނަނީ އޭނާގެ ހެލްތް އަޕްޑޭޓް ތަށް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ. އަދި ހޭލުންތެރި ކުރުމުގެ ގޮތުން ވެސް އޭނާ ތަފާޓު ޕޯސްޓްތަސް އަންނަނީ ހިއްސާ ކުރަމުންނެވެ.
ކާމިޔާބު ފިލްްމ ތަކެއް ކުޅެފައިވާ 47 އަހަރުގެ ބަތަލާ ވަރަށް މަދުން ނޫނީ ބޮޑޫ ސްކްރީން އިން މިހާރު ނުފެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިއަ ފިލްމް އަކީ 2010ވަނަ އަހަރުގެ "ނޯ ޕްރޮބްލަމް" އެވެ. ނަމަވެސް އޭނާ އަންނަނީ އާރިޔާ ކިޔާ ވެބް ސީރީޒް އެއް ކުޅެމުންނެވެ. އެއީ ޑިޒްނީ ޕްލަސް ހޮޓްސަޓާއިން ދައްކާ ވެބް ސީރީޒްއެކެވެ.
ކޮމެންޓު ފޮނުވާ