މެޗަކުން ބަލިނުވެ އަލީ ވަހީދު ކޯޗުކޮށްދިން ޓީމު ފައިނަލަށް!

މެޗަކުން ބަލިނުވެ އަލީ ވަހީދު ކޯޗުކޮށްދިން ޓީމު ފައިނަލަށް!

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2023 11:44
0

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލަންޑަންގެ ވިމްބަލްޑަން ސެންޗަނަރީ ކަޕްގެ ފައިނަލަށް މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ކޯޗުކޮށްދިން ޓީމު ގޮސްފިއެވެ.

އަލީ ވަހީދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގްރާސްރޫޓްސް ފުޓުބޯޅައަކީ ސެމީ ޕްރޮފެޝަނަލް އަދި ޕްރޮފެޝަނަލް ކުޅުންތެރިން ބިނާ ކުރުމުގެ ބިންގާކަމަށެވެ. ލީގު މެޗަކުން ބަލިނުވެ އަދި ވިމްބަލްޑަން ސެންޗަނަރީ ކަޕްގެ 125 އަހަރުވީ ފައިނަލަށް ދެވުމަކީ ލިބުނު އުފަލަކާއި، ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެނާ ވަނީ އިނގިރޭސި ވިލާތުގައި ކޯޗިންގެ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އަލީ ވަހީދުގެ ކޯޗުކަމުގެ ދަށުން ރައުލް ޑެބުންސަން ކަޕްގެ ޗެމްޕިއަަންކަން ސްޕޯޓިން ލަންޑަން ވަނީ ހޯދައިދީފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރީ، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް އެ ކަމުގެ ޝަކުވާ، ރައީސް އިބްރާޙީމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވީ ކަމަށް ބުނެއެވެ.

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ހުއްދަ ދިނުމާއިއެކު، އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތެވެ. އެއަށް ފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އޭނާ އުޅުއްވަނީ އެ ގައުމުގައެވެ. އަލީ ވަހީދު ވިދާޅުވާ ގޮތުން ސިޔާސީ ބޭނުމަކަށް އޭނާ "ފްރޭމް" ކުރީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހަރެން
ކޮން ވައްތަރެއްގެ ކުޅިވަރެއް ކަމެއްވެސް ނޭގުނު
ޙ ޙުސައިން
ސްޕޯޓްސް މިނިސްޓަރަށް ލާންޖެހޭ މީހެއް ނުބައި މިނިސްޓްރީ އަކަށް ދޯ ލީ!