އިންޑޮނޭޝިއާގެ މައުންޓު މެރާޕީ އަލިފާން ފަރުބަދަ ގޮވާ، ފަރުބަދައިން އިން ކަޅު ބޯދުން ބޭރުވެ، ފަރުބަދައިގެ ވަށައިގެންވާ ވިލެކްތައް އަޅިން ފޮރުވިއްޖެއެވެ.
އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަތައް އެންމެ ގިނަ ސަރަހައްދުގައި ހުރި މި އަލިފާން ފަރުބަދައިން އަޅި ބޭރުވާން ފެށުމާއެކު، އެގައުމުގެ ކަމާއި ގުޅުންހުރި އިދާރާތަކުންވަނީ، މި ފަރުބަދައިގެ ވަށައިގެން ހުރި ވިލެޖްތަކަށް ފަތިރުވެރިން ދިއުން މަނާކޮށް އަދި އޭގެ އިތުރުން މި ސަރަހައްދުގައި ބޯޓުދެލި ނެގުމުގެ އެއްވެސް މަސައްކަތެއް ކުރުންވެސް ކުރުން މަނާ ކޮށްފައެވެ.
މި އަލިފާ ފަރުބަދަ ހުންނަނީ، ޔޮގްޔަކާޓާ ސަރަހައްދުގެވެ. އަދި އަޅި ބޭރުވާން ފަށާފައިވަނީ މެންދުރުގެ 12:00 ހާއިރުއެވެ. ހޮނިހިރުދުވު، މި އަލިފާން ފަރުބަދައިންވަނީ، ގޭހާއި، ހޫނު އަޅީގެ ވިލާތަކުގެ އިތުރުން ލާވާއާއި ހިލަ މަސްހުރިވެގެން ބޭރުވެ، އަދި މި ތަކެތި 7 ކިލޯމީޓަރު ދުރަށް ދަތުރު ކޮށްފައެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާން އަބުދުލް މުހަރީ ވިދާޅުވެފައިވާ ގޮތުގައި، މި ފަރުބަދައިން އެރި އަޅިތައް ޖެއްވުގެ ތެރެއަށް 100 މީޓަރަށް އުފުލިގެން ގޮސްފައި ވެއެވެ. އަދި ފަރުބަދައިން ބޭރުވަމުން ދިޔަ އަޅީގެ ސަބަބުން، ވަށައިގެންވާ ވިލެޖްތަކަށް މުޅި ދުވަހުވެސް ފުރިހަމަޔަށް އިރުގެ އަލިކަން ފޯރާފައެއް ނުވެއެވެ.
މިޙާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގައި މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މައުންޓު މެރާޕީގެ އޮބްޒަވޭޝަން ޕޯސްޓެއްގައި ހުންނަ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، ފަރުބަދައިން ބޭރުވަމުންދާ އަޅީގެ އަސަރު ވަށައިގެންވާ 8 ވިލެޖަކަށް ވަނީ ކޮށްފައެވެ.
އުސްމިނުގައި 2,963 މީޓަރު ހުންނަ މައުންޓު މެރާޕީއަކީ އިންޑޮނޭޝިއާގައި ހުންނަ އެންމެ އެކްޓިވް (ހަރަކާތަތެރި) އަލިފާން ފަރުބަދައެވެ.
މިފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 2010ވަނަ އަަހަރުއެވެ. އެ ހާދިސާގައި 300 މީހުން މަރުވެސް، 280،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރާން ޖެހުނެވެ.
މި ހަފްތާގެ ހޮނިހިރުދުވަ މި ފަރުބަދަ ގޮވި ގޮވަމަކީ 1930 ވަނަ އަހަރަށްފަހު، މި ފަރުބަދަ އެންމެ ވަރުގަދައަށް ގޮވި ފަހަރެވެ. 1930 ވަނަ އަހަރުގެ ގޮވުމުގައި 1،300 މީހުން މަރުވެފައި ވެއެވެ. ހަމައެއާއެކު، 1994 ގައިވެސް މިފަރުބަދަ ގޮވާ، 60 މީހަކު މަރުވެފައި ވެއެވެ.