"ނޯ ވަން ކިލްޑް ޖެސިކާ" އާއި "މަރްދާނީ" އަދި "ލާގާ ޗުނާރީ މޭ ދާގް" ފަދަ އަންހެނުންނަށް ހާއްސަ ފިލްމް ތަކެއް ކެޅެ އެކްތަިންގެ ހުނަރުން ބެލުންތެރިން އަންތަރީސް ކޮށްލި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އަށް އޭނާ އަޑުގެ ސަބަބުން މަލާމާތް ރައްދުވިކަމަށް ބުނެފިއެވެ.
ރާނީ ބުނީ ބޮލީވުޑްއަށް ވަތްތާ ކުރީކޮޅުގައި އޭނާގެ އަޑޫ ހުންނަ ގޮތުން ގިން މަލާމާތް ތަކެއް ރައްދުވި ކަމަށެވެ. މީގެ އިތުރުން ރާނީ އަކީ ހަމުގެ ކުލަ ކަޅުވުމުގެ ސަބަބުންވެސް ބެލުންތެރިންގެ އަދި ހަމަ އެއާއި އެކުގައި އިންޑަސްޓްރީގައި ހާއްސަކޮށް ފިލްމް އުފައްދާ މީހުންގެ މަލާމަތް ލިބުން ތަރިއެކެވެ.
ނަމަވެސް ރާނީ ވަނީ މިހުރިހާ ކަމަކައި އެކުގައި ވެސް ބޮލީވުޑްގައި ނަން ހިނގާ މަގުބޫލު ތަރިއެއްގެ ދަރަޖަ ހޯދައިފައިއެވެ. އަދި އޭނާގެ ކުޅަދާނަ އެކްޓިންގ ގެ ސަބަބުން ގިނަ ބައެއްގެ ހިތުން އޭނާ ވަނީ ޖާގަ ހޯދައިފައިއެވެ.
"އިނޑަސްޓްރީ އަށް ނިކުތްތާ ކުރީކޮޅުގައި ވަރަށް ގިނަ މީހުން މަލާމަތް ކުރި. އަހަރެންގެ އަޑު ހުންނަ ގޮތުން ޖޯކު ޖެހި. މީގައި އެންމެ ދެރައަކީ އަހަރެން އެކްޓަރެއްކަން އެނގޭތީ ޑައިރެކްޓަރުން އަދި ފިލްމް ޕްރޮޑިއުސަރުންގެ ފަރާތުން އެ ރައްދުވި މަލާމާތް. އޭރުގައި ވަރަށް ދެރަވި. އެކަމަކު ހުންރު ހުރިހާވެސް އެއްޗަކީ."
ހުނަރު ހުރުމުން މިހާއަށް މުޅި ދުނިޔެ ވެސް ހާސިލު ވާނެ ކަމަށާއި ބޭރުގެ ރީތި ކަމަކީ ހަމައެކަނި މީހާ ރީތި ކޮށްދޭ ކަންތަށްކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް އޭޏާ ވަނީ ބުނެފައިއެވެ.
ރާނި މިދުވަސްކޮޅު ބިޒީ ވެގެން އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްްމ މިސިޒް ޗެޓަޖީ ވާސަސް ނޯވޭ ޕްރޮމޯޓް ކުރުމުގައިއެވެ. މި ފިލްމް ގައި އޭނާ ފެނިގެންދާނީ ދަރިންގެ ހައްގުގައި ހަނގުރާމަކުރި މަންމައެއްގެ ރޯލުންނެވެ. މީ ވަރަށް އަސަރުގަދަ އެންމެ ރޮއްވާލާނެ ފިލްމް އެއް ކަމަށް ވެއެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހަށެވެ.