ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގެ އެމްއެންޕީގެ ޓިކެޓް، ޕާޓީގެ މެމްބަރު އަލީ އާރިފަށް

ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގެ އެމްއެންޕީގެ ޓިކެޓް، ޕާޓީގެ މެމްބަރު އަލީ އާރިފަށް

Author
ހުސެއިން
08 މާރޗް 2023 02:03
0

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ އެޕާޓީގެ މެމްބަރުންނަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި، ބައި އިލެކްޝްގައި ވާދަކުރުމަށް ކުރިމަތިލީ ހަމައެކަނި ފަރާތަށް އެޕާޓީގެ ޓިކެޓް ދިނުމަށް ނިންމައިފިއެވެ.

އެމްއެންޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލުމުން، ޝައުގުވެރިކަން ފާޅު ކޮށްފައިވަނީ ކ. ގުރައިދޫ ފިޔާތޮށިގެ އަލި އާރިފް ކަމުގައެވެ. އެހެންކަމުން، އެމްއެންޕީގެ ފަރާތުން ގުރައިދޫ ބައި-އިލެކްޝްންގައި ވާދަކުރާނީ އޭނާ ކަމުގައި، އިއްޔެ ބޭއްވުނު އެޕާޓީގެ އިލެކްޝަން ކޮމިޓީގެ ބައްދަލުވުމުން ނިންމާފައި ވާކަމަށްވެސް މިއިއުލާންގައި ބުނެފައި ވެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީންނާއި އަދި އިދިކޮޅު ޕީޕީއެމްއިންވެސް ވާދަ ކުރާނެކަމަށް ވަނީ ބުނެފައެވެ. އެމްޑީޕީގެ ބައި އިލެކްޝަން ޕްރައިމަރީ ބޭއްވުމަށް ހަމެޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ފާއިތުވި ފެބްރުއަރީމަހު އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވައިފައިވާ ބޭފުޅެކެވެ.

އަދި ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.