ފުރަތަމަ ދެދުވަހުގެ ވޯޓުން އަޝްފާޤު ބޮޑު ތަފާތަކުން ކުރީގައި

ފުރަތަމަ ދެދުވަހުގެ ވޯޓުން އަޝްފާޤު ބޮޑު ތަފާތަކުން ކުރީގައި

ގުޅުންހުރި

"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގެ ފުރަތަމަ ދެ ދުވަސް ނިމުނުއިރު ރާއްޖޭގެ އަލީ އަޝްފާޤު (ދަގަނޑޭ) އޮތީ ބޮޑު ތަފާތަކުން ކުރީގައެވެ.

މިއަދުގެ އެކެއް ޖެހުމާއި ހަމައަށް ވޯޓުގެ ނަތީޖާ ދައްކާގޮތުން މި ޗެލެންޖަށް ވޯޓުލުމުގެ ފުރުސަތު ބުދަދުވަހުގެ ހެނދުނު ހުޅުވާލިއިރު މިއަދުގެ 13:00 އާއި ހަމައަށް ދަގަނޑޭއަށް ލިބުނު ވޯޓުގެ އިންސައްތައަކީ 88.52 އެވެ. ޗަން ސިއު ކީއަށް ލިބުނު ވޯޓުގެ އަދަދަކީ 11.84 އެވެ.

އަޝްފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް އަޝްފާގު ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. ސެމީފައިނަލުގައި އަޝްފާޤަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.

އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.

ވޯޓުލުމަށް ބާކީ އަދި ދެ ދުވަސް އޮތް އިރު މިހާރު ފެންނަ ނަތީޖާއަކީ އަދި ހިތްހަމަ ޖެހިލައިގެން ތިބެވޭނެ ނަތީޖާއެއްނޫނެވެ. އެއްވެސް ވަރަކަށް ފަރުވާކުޑަނުކޮށް ފަހުވަގުތާއި ހަމައަށް ވޯޓުލުމަށް މަޑުނުކޮށް ވީހާވެސް ގިނައިން ވޯޓު ދިނުމަކީ މި ޗެލެންޖު ކާމިޔާބު ކުރުމަށް އޮތް ބޮޑު ފުރުސަތެކެވެ. މިހާތަނަށްވެސް އަޝްފާޤު މިހާރު ތަފާތު ބޮޑުކޮށް ބޭއްވުމުގައި ދިވެހިންގެ ފަރާތުން ދައްކަމުންދާ އެއްބައިވަންތަކާއި އެއްބާރުލުމަކީ އަޝްފާޤު އުފަލާއިއެކު ފާހަގަކުރާ ކަމެކެވެ. އައި މިއީ ޤައުމަށް ލިބޭ ބޮޑޫ ޝަރަފެއްގެ ގޮތުގައި އަޝްފާގު ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *