ބޮލީވުޑްގެ އެންމެ ނަން ހިގާ އެއް ބަތަލާ ދީޕިކާ ޕަދުކޯން މިހާތަނަށް ކުޅެފައި ވަނީ އެންމެ ބައިނަލްއަގުވާމީ ޕްރޮޖެކްޓެކެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ފޭނުންގެ އަދަދު ވަރަށް ބޮޑެވެ.
އޭނާގެ ބުރަ މަސައްކަތާއި ފިލްމުތަކުގައި ރަނގަޅު އެކްޓިންތަކެއް ފެނިގެންގޮސްފައިވާ ބަތަލާ ވަނީ މުޅި ދެނިޔޭގައި ނަން ވިދުވައިލައިފައިއެވެ. ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ މޫނަކަށް ވުމަށް ފަހު ދީޕިކާ ޕަދުކޯން އޭނާގެ ނަމަށް އިތުރު މަޝްހޫރު ބްރޭންޑެއް ހިމަނައިފި އެވެ. އެއީ ގަތަރު އެއާވޭސް އެވެ.
މި ވާހަކަ އެ އެއާލައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އިތުރުން ދީޕިކާގެ ސޯޝަލް މީޑިއާގައި ވެސް ވީޑިއޯއަކާ އެކީ ހިއްސާކޮށްފައިވެ އެވެ. ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަތަރު އެއާވޭސްގެ އެމްބެސެޑެރަކަށް އޭނާ ހަމަޖެހުމައި ގުޅިގެން ހުރީ ވަރަށް އުފަލުން ކަމަށް ވަނީ ބުނެފައިއެވެ.
ދީޕިކާ އަކި އިންޓަނޭޝަނަލް އެކި ބްރޭންޑްތައް ޕްރޮމޯޓްކުރަން ފުރުސަތުތައް ފަހިވަމުން އަންނަ ވަރަށް ކާމިޔާބު އަދި އެހާމެ ނުފޫޒު ގަދަ ބަތަލާއެކެވެ. އެގޮތުން މިދިއަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ތަށި ދައްކާލުމުގެ ޝަރަފު ވަނީ އޭނާ އަށް ލިބިފައިއެވެ. މި ތަށި ދައްކާލުމަށް ބައިވެރިވި ހަފްލާގައި އޭނާ ބައިވެރި ވެފައި ވަނީ ލަގްޒަރީ ބްރޭންޑެއް ކަމުގައިވާ ލުއީ ވުޓޯންގެ ހެދުމެއްގައިއެވެ.
37 އަހަރުގެ ބަތަލާ އަދި އެކްޓަރު ރަންވީރު ސިންގް ގެ އަންހެނުން އެންމެ ފަހުން ފެނިގެންދިއަ ފިލްމް އަކީ "ޕަޓާން" އެވެ. މި ފިލްމް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އަދި ގިނަ ރެކޯޑް ތަކެއް ހޯދައިފައިވާ ފިލްމްއެކެވެ.