އެމްޑީޕީން ރިޔާސީ އިންތިޚާބުގައިި ވާދަކުރާ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެރުވި ރިޔާސީ ޓިކެޓް ބިނާކުރި ވޯޓުގެ ނިސްބަތަކީ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ %8 ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނަ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އިދިކޮޅުން ތެޅި ފޮޅެނީ ރައީސް ޞާލިހު އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނެ ކަން ޔަގީންވާތީ ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
މާރިޔާ ވިދާޅުވެފައިވަނީ ރައީސް ޞާލިހަށް ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާއިން އަދަދެއް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި އެ މަންޒަރުން އިދިކޮޅު ފަރާތްތަކަށް ކެތް ނުކުރެވެނީ ރައީސް ޞާލިހު އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެކަން ޔަގީންވާތީކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަތަކަށް ދިޔާނާ ވަނީ ހިސާބު އަދަދުތަކުން ރައްދު ދެއްވާފައެވެ. ދިޔާނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އާބާދީގެ 280،000 މީހުން ވޯޓުލާއިރު އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބު ވާނީ 51 އިންސައްތަ ވޯޓު ލިބިގެން ކަމަށެވެ. އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ހާމަކޮށް ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 39،000 މީހުން އުނިކޮށް ލީ ވޯޓުން ރައީސް ޞާލިހަށް ލިބި ލެއްވީ %8 ވޯޓު ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު އަޅާ އާބާދީއަކީ 280،000 ވަރު. ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވާން ބޭނުންވާ ޢައުލަބިއްޔަތަކީ ވޯޓު އަޅާނެ މީހުންގެ 51 އިންސައްތަ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެރުވި ރިޔާސީ ޓިކެޓް ބިނާކުރި ވޯޓުގެ ނިސްބަތަކީ 8 އިންސައްތަ. މިއީ އެމްޑީޕީގެ 39،000 މެމްބަރުން ކަނޑާލީމާ ލިބޭ ގެއްލުން.
– ދިޔާނާ ވިދާޅުވިއެވެ.
Adhadhakee mee 👇🏽
– Riyaasee inthikhaabuge vote alhaa aabaadhee: 280,000 varu.
– RJ kamah inthikhaabuvaan beynunvaa aghlabiyyathu: vote alhaa meehunge 51%.
– RIMS ah eruvi riyaasee ticket binaakuri vote ge nisbaiy; 8%.Miee MDP ge 39,911 memberun kandaaleema libey gellun. https://t.co/N1dUEjLxTS
— Dhiyana ?🌹 (@dhiyanasaid) February 18, 2023
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެކަމަށް ރައީސް ޞާލިހު ވަނީ ޓިކެޓާއި ހަވާލުވިރޭ ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވަމުން ދިޔައީ ރާއްޖޭގައި އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭ ވަރުގެ ލީޑަރެއް ނެތްކަމަށެވެ. އަދި އެކަން ކުރެވޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވިދާޅުވިއިރު، އަދި މިހާތަނަށް އެމްޑީޕީއާއިއެކެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދަން އެއްވެސް ޕާޓީއަކުން ނިންމާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ