ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާގައި އެމްޑީޕީގެ ރައީސް ބައިވެރިނުވި

ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާގައި އެމްޑީޕީގެ ރައީސް ބައިވެރިނުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ބާއްވާ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިނުގެންނެވިއެވެ.

ގިނަ އަދަދެއްގެ ބަޔަކާއިއެކު މިރޭ ކާނިވާ ސަރަހައްދުގައި ރައީސް ޞާލިހަށް ޓިކެޓް ހަވާލު ކުރުމަށް ބާއްވާ ޖަލްސާގައި އެމްޑީޕީގެ ރައީސްގެ އިތުރުން ނައިބް ރައީސް މުހައްމަދު ޝިފާޒު އަދި އެޕާޓީގެ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރެއްވި ގިނަ ބޭފުޅުން ބައިވެރި ވެފައި ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އޮތީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ސާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.

ރައީސް ނަޝީދު މިރޭގެ ޖަލްސާއިން ނުފެނަ އިރު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ބުނެ، ޕާޓީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހަވާލުކުރުން ހުއްޓުވައިދިނުމުގެ ޢަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

މި މައްސަލަ ކޯޓަށް ހުށައެޅުއްވީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢިދުކުރެއްވި، އަދި އެޕާޓީގެ އިސް ބައެއް މަޤާމުތައް ކުރިން ފުރުއްވާފައިވާ ހާމިދު ޢަބްދުލްޣަފޫރެވެ. މި މައްސަލައިގެ ޤާނޫނީ ވަކީލަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދެވެ.

ޕްރައިމަރީ ސައްޙަ ނޫންކަމަށް ކަނޑައެޅުމަށް ކޯޓުގައި އެދިފައިވާއިރު، ރައީސް ނަޝީދުގެ ފަރާތްޕުޅުންވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އިންތިޚާބާއި މެދު ސުވާލު އުފައްދަވާ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ގިނަ ޝަކުވާތަކެއް އިންތިޚާބީ ކޮމިޓީއަށްވެސް ހުށައަޅާފައެވެ. ނަމަވެސް އެކޮމިޓީން މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބަލިވާމީހުން އަބަދުވެސްކިޔާނީތިހެން ވްޓުމަދޭވްޓުގިނައޭ ކިޔާކަނެކަމެއްނެތް ދެންރަޖާލާގެން ގޭގައްވޭ !!!!

Leave a Reply

Your email address will not be published. Required fields are marked *