ބިންހެލުންފަދަ ކާރިސާތަކަކީ އިމްތިހާންތަކެއް ކަމަށާއި، ދުންޔަވީ ޙަޔާތަކީ މިފަދަ އިމްތިޚާންތަކުގެ ގޮވައްޗެއްކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ދުންޔަވީ ކާރިސާތަކުން ޢިބުރަތް ޙާޞިލްކުރުން" މިމައުޟޫއަށް ޚާއްސަ ކުރެވެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ މާތްﷲ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ، ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހު ތުރުކީ ވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް އައި ވަރުގަދަ ބިންހެލުންފަދަ ކާރިސާތަކުން އިބުރަތް ލިބިގަނެ، ހަޔާތުގެ ދުވަސްތައް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހޭދަކުރުމަށް، ގިނަގުނަ ފުރުސަތުތަކެއް ފަހި ކޮށްދެއްވުމަށް ފަހުގައި ކަމުގައެވެ.
ޝައިޠާނާގެ ފިޔަވަޅުތަކުގެ ފަހަތުން ގޮސް މަގު އޮޅިގެންދާ ހިނދު، މިފަދަ ކަންކަން އަހަރެމެންނާއި ކުރިމަތި ކުރައްވަނީ ﷲ ތަޢާލާ ލައްވާފައިވާ އިންޒާރެއްގެ ގޮތުގައެވެ. އެއީ އަހަރެމެން ތެދުމަގަށް ރުޖޫޢަ ވުމަށްޓަކައެވެ.
މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި ވިދާޅުވި ގޮތުގައި، މިފަދަ ބޮޑެތި ބިންހެލުންތައް އަންނައިރު، ހަނދާނަށް އަންނަވީ ޤިޔާމަތުގެ ބޮޑުވެގެންވާ ޒަލްޒަލާގެ ވާހަކަ ކަމުގައެވެ.
ޚުޡުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި، ދުންޔަވީ މިފަދަ ކާރިސާތަކަކީ، ކަނޑައެޅިގެން ﷲގެ ކޯފާކަމަށް ބުނެ، ބައެއްފަހަރަށް މީހުން ވާހަކަ ދައްކާ ކަމަށާއި، އެހެންނަމަވެސް މިފަދަ ކޮންމެ ކާރިސާއަކީ ކޯފާއެއްކަމުގައި ކަނޑަ ނޭޅޭނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަމުގައެވެ.
ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި، ބައެއް ހާލަތްތަކުގައި މިފަދަ ހާދިސާތައް ރަޙުމަތެއް ކަމުގައި ވެދެއެވެ. ދުންޔަވީ ހަޔާތުގެ އެތައް މުސީބާތެއްގެ ތެރެއިން މިންޖުކުރައްވައި، ޝަހީދެއްގެ ދަރަޖަ ލިބޭ މީހެއްގެ ގޮތުގައި، މުސްލިމު އަޅާ ވެގެންދާ ސަބަބަކަށްވެސް މިފަދަ ހާދިސާތައް ވެއެވެ. އަދި އަނެއް ބަޔަކަށް އެއީ އެބައިމީހުންގެ ފާފަތަކުގެ ކައްފާރާއެކެވެ. އެހެނީ މުއުމިން އަޅާއަށް ދުނިޔޭގައި ކިތައްމެ ކުޑަ ގެއްލުމެއް ވިޔަސް، އެއީ އޭގެ ސަބަބުން އޭނާގެ ދަރަޖަ މަތިވެރި ކުރައްވާ، އޭނާގެ ފާފަތައް ފޮހެވިގެން ހިނގައިދާ ކަމެކެވެ.
ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި ވިދާޅުވި ގޮތުގައި ދިރިތިބީންގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲ ތަޢާލާ ކުރިމަތި ކުރައްވާ މުސީބާތްތަކާއި، އިމްތިޙާންތަކަށް ކެތްތެރިވެ، މިފަދަ ކާރިސާތަކުން އިބުރަތް ހާސިލް ކުރުމެވެ. އަމަލުތައް އިސްލާހު ކުރުމެވެ. ޙައްގުގެ މަގަށް ރުޖޫޢަ ވުމެވެ.
ކޮމެންޓު ފޮނުވާ