ހަގީގީ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން

ހަގީގީ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން

Author
ހުސެއިން
10 ފެބްރުއަރީ 2023 01:02
0

ހަގީގީ މުއްސަނދި ކަމަކީ ނަފްސުގެ މުއްސަނދިކަން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ނަފްސުގެ މުއްސަނދިކަން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި މުއްސަނދި ކަމުގެ ހަގީގަތަކީ އަޅާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރި ވުމެވެ. الله ތައާލާ ބައްސަވައި، އޭނާއަށް ދެއްވި އެއްޗަކަށް ރުހި ގަބޫލު ވުމެވެ. އަދި ދުނިޔޭގެ ބާއްޖެވެރިކަން ލިބި، ހިންހަމަޖެހިގެން ދިރި އުޅޭވޭނީ އެގޮތުގެ މަތިންކަމުގައިވެސް ޚުޡުބާގައި ބަޔާން ކުރައްވާފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ބަޔާން ކުރި ގޮތުގައި މާތް الله ދެއްވި ރިޒުޤެއް އެއްވެސް ހާލަތެއްގައި އޭގެ ހައްގުވެރިއާގެ އަތުން އަތު ނުލެވޭނެއެވެ. އަދި މާތްالله އޭނާއަށް ދެއްވުމަށް އިރާދަ ކުރައްވާފައި ނުވާއެއްޗެއް ހޯދޭނެ ގޮތެއްވެސް ނޯނާނެއެވެ.

އަލްއިމާމް ޤުރްޠުބޫ (ރަޙިމަހު الله)ވިދާޅުވާ ގޮތުގައި ފައިދާހުރި، ތާރީފު ލިބެނިވި މުއްސަނދިކަމަކީ، ނަފްސުގެ ފުދުންތެރި ކަމެވެ. އޭނާގެ ޢިއްޒަތާއި ޖާހު އުފުލޭނެތެވެ. އެހެންކަމުން މުސްލިމުން ތަބާވާން ޖެހޭނީ މި އުސޫލަށެވެ. މި މަންހަޖަށެވެ. އެއީ ޝަރުއީ މިންގަޑެވެ. މި މަންހަޖަށް ތަބާވާ މީހާ، ރިޒުގު ހޯދުމުގައި ހީވާގި ވުމާއެކު، ޝަރުޢީ ވާޖިބުތައް އަދާކުރާނެއެވެ.

މިއަދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވި ގޮތުގައި މުއްސަނދިކަމަކީ މުދާ ގިނަވުން ނޫންކަމުގައެވެ. އެކަމަކު އެއީ ނަފްސުގެ މުއްސަނދިކަން ކަމުގައި ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިބަސްފުޅަކީ ހުރިހާ ޒަމާނެއްގައިވެސް މީސްތަކުން ތަބާވާންޖެހޭ މަތިވެރި އުސޫލެއްކަމުގައިވެސް ޚުޡުބާގައި ބަޔާން ކުރައްވާފައި ވެއެވެ.

ބޭރުފުށުގެ އޮފްދާރުކަމަށް މީސްތަކުން ހެއްލިފައިވާ މިފަދަ ޒަމާނެއްގައި އެއީ ވަރަށް ޙިކުމަތްތެރި ގަވާއިދެކެވެ. އެ ބަސްފުޅު ގޮވައިލަނީ، މީސްތަކުންނާއި މުއާމަލާތު ކުރާއިރު ބޭރުފުށަށް ނުބެލުމަށެވެ. ހަގީގަތަށް ބެލުމަށެވެ. ކީރިތި ރަސޫލާގެ އެ ބަސްފުޅުން އެނގޭ ގޮތުގައި މާތް الله ދެއްވާފައިވާ ނިއުމަތްތަކުގައި ތިމާއާއި އެހެން މީހުންނާއި އަޅާބަލައިގެން ނުވާނެއެވެ. ކީރި ރަސޫލާ މުސްލިމުންނަށް ގޮވައިލައްވަނީ ތިމާއަށްވުރެ ނިކަމެތީންނަށް ބެލުމަށެވެ. الله ތައާލާ އެކަލާނގެ އަޅުތަކުންގެ މެދުގައި ރިޒުގު ބައްސަވަނީ އެކަލާނގެ ޙިކުމަތްފުޅާ އެއްގޮތަށެެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.