މޭގަން, އޭނާގެ ދެވަނަ ދަރިފުޅު ބައިގެން ދިޔަ ހިތާމަވެރި ހާދިސާ ހިއްސާކޮށްފި

މޭގަން, އޭނާގެ ދެވަނަ ދަރިފުޅު ބައިގެން ދިޔަ ހިތާމަވެރި ހާދިސާ ހިއްސާކޮށްފި

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް، އޭނާ އަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދީފިއެވެ. އެއީ އަހަރު ޖުލައި މަހު، މެގަން ދެވަނަ ދަރިއަކަށް ބަލިވެ އިނދެ ބައިގެންދިޔަ ވާހައެވެ.

މޭގަން ވިދާޅުވީ އޭނާ އެގަޑީގައި ހުރީ ގޭގައި އޭނާގެ ފުރަތަމަ ދަރިފުޅު އާޗީ ގެ ނެޕީ ބަދަލުކުރަންކަމަށެވެ. އަދި އެގަޑީގައި ވަރަށް ބޮޑަށް ބަނޑަށް ތަދު އެރި ކަމަށާއި ބައިގެންދިޔައީ އެގަޑީގައި ކަމަށެވެ. އޭގެ އެތައް އިރެއްފަހުން އޭނާ އޮތީ ހޮސްޕިޓަލުގައި ކަމާއި އަދި ހެރީ އޭނާގެ ގާތުގައި ފެންކަޅިވެފައި ހުރިކަމަށްވެސް މޭގަން ބުންޏެވެ.

މޭގަން އޭނާގެ ފުރަތަމަ ދަރިއަށް ބަނޑު ބޮޑު ދުވަސްވަރު

އެވަގުތު ހަނދާނަށް އައީ މިދިޔަ އަހަރު އެ ދެމަފިރިން ދެކުނު އެފްރިކާ އަށް ކުރި ދިގު ދަތުރުގެ ހިނދުކޮޅެއް ކަމަށް މޭގަން ވިދާޅުވިއެވެ. ވަރުބަލިކަމާއެކު ގާތުން ދޭވަރުގެ ތުއްތު ފިރިހެން ދަރިފުޅު ގޮވައިގެން މަސައްކަތްކުރަން ޖެހުނީ އާންމުންގެ ކުރިމަތީގައި ހިތްވަރުގަދަކަމުގެ މޫނެއް ދައްކަންކަމަށް މޭގަން ވިދާޅުވިއެވެ.

"ކިހިނެއްތޯ؟، ނޫސްވެރިޔަކު އަހަންނާ ސުވާލުކުރި. ވަރަށް ތެދުވެރި ޖަވާބެއް ދިނީ – އަލަށް މަޔަކަށްވާ މީހުންނާއި މައިންނާއި އެކި ކަންކަމުގައި، ވަންހަނާގައި ވޭން އަޅަމުންދާ އެތައް ބަޔަކާ އެ ޖަވާބު ގުޅޭނެކަން ނޭނގި. ހާލު އަހާލީތީ ޝުކުރިއްޔާ، އަހަރެންގެ ހާލު ރަނގަޅުތޯ މާ ގިނަ ބަޔަކު ނާހާ. އަހަރެންނަށް ބުނެވުނު"

– މޭގަން މާކަލް

ދުނިޔޭގައި ކޮންމެ 100 އަންހެނެއްގެ ތެރެއިން 10 އާއި 20 އާ ދެމެދުގެ އަދަދެއްގެ މީހުންނަކީ ބައިގެން ދިއުމުގެ ހިތްދަތިކަން ތަހަންމަލްކުރަންޖެހޭ މީހެއްކަން މި ހާދިސާއަށްފަހު އެ ދެމަފިރިންނަށް އެނގިއްޖެ ކަމަށް މޭގަން ވިދާޅުވިއެވެ. މޭގަން ވިދާޅުވީ މިފަދަ ކަންކަން ކުރިމަތިވާ މީހުންނާއި ސުވާލުކޮށް އެ މީހުންގެ އިހުސާސްތައް ބަލައިގަންނަން ޖެހޭކަމެކެވެ. އަދި ދުނިޔެ މިހާރު މިއޮތް ފަދަ ޕެންޑަމިކެއްގެ ތެރޭ އެންމެން އެކަކު އަނެކަކުގެ ހާލު އަހާލުމަކީ ވަރަށްވެސް ވެސް މުހިންމުކަމެއް ކަން މޭގަން ފާހަގަކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ލިބިފައިވާ ހުރިހާ ޝަރަފެއް ދޫކޮށްލުމަށް ފަހު މޭގަން އާއި ހެރީ މިހާރު ދިރިއުޅުއްވަނީ އެމީހުންގެ ދަރިފުޅާއި އެކު އެމެރިކާގެ ކެލިފޯނިއާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *