ދުނިޔޭގެ ފުޓުބޯޅަ ތަރި އާރޖެންޓީނާގެ އެއްނަންބަރު ފޯވާޑް ޑިއޭގޯ މަރަޑޯނާ މަރުވެއްޖެއެވެ.
އާޖެންޓީނާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއަށް ވަނީ ގެ ދެހަފްތާކުރިން ވަނީ ސިކުޑިއަށް ލޭއެޅިގެން ފަރުވާދީފައެވެ. މިފަރުވާއަށްފަހު އޭނާވަނީ ހޮސްޕިޓަލުން މީގެ ދެހަފްތާކުރިން ދޫކޮށްލާފައެވެ. އަދި އޭނާ މަރުވެފައިވަނީ ސިއްޙީ ހާލަތު ގޯސްވެ ހާޓް އެޓޭކެއް ޖެހިގެންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މަރަޑޯނާއަށް ފަރުވާދީފައިވަނީ ސިއްހީ ހާލަތު ދަށްވެފައިވަނީ އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކާއި ގުޅިގެންނެވެ. އަދި ސިކުނޑިޔަށް ލޭދައުރުވުމުގައި މައްސަލަތަކެއް ދިމާވެގެންނެވެ.
އުމުރުން 60 އަހަރުގެ މެރެޑޯނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔައީ ހަށިގަނޑުން ފެން މަދުވުމާއި ހިމަގްލޮބިން ދަށްވެ ލޮނު މަދުވުންފަދަ މައްސަލަތައް އޭނާއަށް ކުރިމަތިވެފައިވާތީއެވެ. ޑޮކްޓަރ ބުނީ އޭނާއަށް ދިމާވެފައިވާ ސިއްހީ ހާލަތާއި ގުޅިގެން ދިގު މުއްދަތުގެ ފަރުވާއެއް ދޭން ޖެހޭނެ ކަމަށެވެ. 1968 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މަރަޑޯނާ ވަނީ 2008 އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އާޖެންޓީނާ އަށް ކޯޗުކޮށްދީފަ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕުން އާޖެންޓީނާ ކެޓީ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުންނެވެ. އެ މުބާރާތަށް ފަހު އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރަތަމަ ނިންމީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް މަރަޑޯނާގެ އެއްބަސްވުން އާ ކުރުމަށެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިންގެ ހިޔާލުތަފާތުވެ، މަރަޑޯނާ އަށް އިތުރު އެއްބަސްވުމެއް ނުދޭން ނިންމި އެވެ.
މަރަޑޯނާ އެންމެ ފަހުން ކޯޗުކޮށްދިނީ ޔޫއޭއީގެ ދެ ކްލަބަކަށެވެ.