ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2023 12:10
0

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ޕަރުވޭޒް މުޝައްރަފް އަވަހާރަވެއްޖެއެވެ.

އުމުރުން 79 އަހަރުގައި މުޝައްރަފް އަވަހާރަވީ، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އެމެރިކަން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. މުޝައްރަފްގެ އާއިލާއާ ހަވާލާދީ ޕާކިސްތާންގެ ނޫސްތަކުން ބުނީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މުޝައްރަފަށް ފަރުވާ ދޭތާ ދުވަސްތަކެއް ވެއްޖެއެވެ.

2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މުޝައްރަފް ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީ ގައެވެ. އޭނާ ދުބާއީއަށް ދިރިއުޅުން ބަދަލު ކުރީ 2007 ވަނަ އަހަރު އޭނާ ޕާކިސްތާންގެ ވެރިކަމުގައި ހުންނެވިއިރު ގާނޫނު އަސާސީ ސަސްޕެންޑްކޮށް ވެރިކަން ދަމަހައްޓަން ކުރި މަސައްކަތުގެ މައްސަލައިގައި ގައުމަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލުމުންނެވެ.

ޕާކިސްތާން ސިފައިންގެ ކުރީގެ ވެރިޔާ މުޝައްރަފް އަސްކަރީ ބާރު ބޭނުންކޮށްގެން ރައީސްކަމަށް ވަޑައިގަތީ 2001 ގައެވެ. އޭރު ޕާކިސްތާނުގައި އޮތް ނަވާޒު ޝަރީފުގެ ވެރިކަން އަސްކަރިއްޔާ ބޭނުންކޮށްގެން ފުރޮޅާލި ނަމަވެސް އެއީ ބަޣާވާތެއްކަމަށް ހުޅަނގުގެ ބާރުތަކުން ބަލައެއް ނުގަނެއެވެ. އެމެރިކާއިން 2001 ގައި އަފްޣާނިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި މުޝައްރަފް ވަނީ އެމެރިކާގެ އަސްކަރީ ކޯލިޝަންގައި ޕާކިސްތާން ބައިވެރިކޮށްފައެވެ. އޭނާ ވަނީ 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާންގެ ރައީސްކަން ކުރައްވައިފައެވެ.

1999 ވަނަ އަހަރު ބަގާވާތަކަށްފަހު ވެރިކަމަށް މުޝައްރަފު ވަޑައިގަތީ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރެއްވުމަށްފަހު އެވެ. މުޝައްރަފުގެ މައްޗަށް ހިޔާނާތުގެ ހުކުމް ކުރީ 2019 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.