ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމު ސަން ސިޔާމަށް

ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމު ސަން ސިޔާމަށް

Author
ހުސެއިން
03 ފެބްރުއަރީ 2023 07:00
0

ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އައްޔަންކޮށްފި އެވެ. އޭނާ މިމަގާމަށް އައްޔަން ކުރެއްވުމަށްފަހު މަގާމުގެ ފަތްކޮޅު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އިއްގެ ވަގުތެއްގައިވަނީ އޭނާއާ ހަވާލު ކުރައްވާފައެވެ.

ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އިއްޔެ އައްޔަން ކުރެއްވިއިރު، އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރުވެސް މެއެވެ. އަދި އޭނާއަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ އެމްޑީއޭގެ ރައީސްވެސްމެއެވެ. އެޕާޓީގެ ރައީސްގެ ހައިސިއްޔަތުން، އޭނާ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންވެސް ކޮށްފައެވެ.

ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަންކުރި ކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސިޔާމް އެމަގާމަށް އައްޔަން ކުރެވިގެން ދިއުމާއެކު، ރޮމޭނިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

ސަން ސިޔާމް ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް އައްޔަން ކުރައްވާފަ މިވަނީ ފާއިތުވި އަންގާރަށްދުވަހު އޭނާ ރައީސް ސާލިހާއި ބައްދަލު ކުރައްވާފަ ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.