މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ، ލޭ އޮހޮރުވާލައިގެން ނަމަވެސް ސަރުކާރުން ބަދަލުކުރުމަށް ގޮވާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒު ވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކައުންސިލްގެ ތަރުޖަމާން ޝިއުނާ މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބަޔަކު ވަރަށް ހަރުކަށިކަމާއެކު ނިކުމެ މި ވެރިކަން ނިންމަން ވެއްޖެ ކަމުގައެވެ. އަދި އެތައް މުސްލިމުންނެއްގެ މައްޗަށް ރައީސް ސާލިހު އަނިޔާވެރި ވަމުންދާކަމަށް ބުނެ، ރައީސް ސާލިހު ހަމަ ބިމަށް ތިރިކުރަން ޖެހިފައިވާކަމަށްވެސް އޭނާގެ ޓުވީޓުގައި ބުނެފައެވެ.
ލޭ އޮހޮރުވުމަކުންވެސް ބަދަލު ކުރަން ވެއްޖެ.
ޓުވީޓު ކުރަން ތިބެގެން ވާން ނެތްކަމަށް ބުނަމުން ޝިއުނާގެ ޓުވީޓުގައި އޭނާ ލިޔެފައި ވެއެވެ.
މި ޓުވީޓަށް ފަހުން ގިނަ ބައެއް ފާޑުކިޔުން އަމާޒުވާން ފެށުމާއެކު އޭނާވަނީ މި ޓުވީޓު ޑިލީޓް ކޮށްފައެވެ. އަދި އޭނާ ބައެއް މީހުންނަށް ރަށްދު ދެމުން ކޮށްފައިވާ ބައެއް ޓުވީޓުތަކުގައި ވަނީ އެ ޓުވީޓު ކުރެވުނީތީ މާފަށްވެސް އެދިފައެވެ.
ފާޅުގައި ލޭ އޮހޮރުވަން ގޮވާލުމަކީ ޓެރަރިޒަމްގެ ގާނޫނުން މަނާކޮށްފައި އޮންނަ، އަދި ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައި އޮންނަ ކުށެކެވެ.
ކޮމެންޓު ފޮނުވާ