ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ދެކޮޅު ބޭފުޅުން ސިޔާސީ މަގާމްތަކުގައި ތިބޭނަމަ ފިޔަވަޅު އަޅާނެ: މިއުވާން

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ދެކޮޅު ބޭފުޅުން ސިޔާސީ މަގާމްތަކުގައި ތިބޭނަމަ ފިޔަވަޅު އަޅާނެ: މިއުވާން

Author
ހުސެއިން
02 ފެބްރުއަރީ 2023 03:44
0

ސަރުކާރުގެ ސިޔާސީ މަގާމްތަކުގަައި ބޭފުޅުން ތިއްބަވަނީ ރައީސުލްޖުމުހޫރިއްޔާ ނުވަތަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ކަމުގައި ރައިސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ސިޔާސީ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގެ 115 މާއްދާގެ (ޅ)އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ރައީސުލްޖުމުހުރިއްޔާގެ މަގާމްގެ ވާޖިބު އަދާކުރުމަށް ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންގެ ގޮތުގައި ކަމުގައެވެ.

"އަޅުގަޑަށް ހީވަނީ ދެން ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސަށް ތެދުވެރިކަމެއްހެން އޮންނަން މިޖެހެނީ. ގަބޫލުނުކުރާ ސިޔާސަތު ތަންފީޒުކުރަން މުސާރަ ނަންގަވައިގެން އެބޭފުޅުން ތިއްބަވާނެ ހެނެއް އަޅުގަޑަށް ހީއެއް ނުވޭ… ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ތިއްބަވާކަމަށް ވާނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ބަލަންޖެހޭ ކަމެއް ބަލާނެ.

މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަގާމްތަކުގައި ތިއްބަވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރުހިވަޑައިގަންނަވާ ބޭފުޅުން ކަމުގައެވެ. އެހެންނަމަވެސް، ޚިޔާލު ފާޅުކުރުމާއި އެބޭފުޅެއްގެ ފިކުރު ފާޅުކުރުމަކީ ސަރުކާރުގެ މުވައްޒަފުންނަށް އަދި އެހެން ބޭފުޅުންނަށްވެސް ލިބިގެންވާ މިނިވަންކަމެއްކަންވެސް މިއުވާން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ގަބޫލު ކުރާންޖެހޭ ހަގީގަތަކީ އެބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް މަގާމްތަކުގައި ތިއްބަވާ ބޭފުޅުންކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގައި އެ ޕާޓީގެ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ އިސްބޭފުޅުން ދަނީ މަގާމުގައި ތިއްބަވައިގެން ރައީސް ސާލިހުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ. އަދި ފާއިތުވި ރިޔާސީ ޕްރައިމަރީގައި ސަރުކާރުގެ އިސް ބައެއް ވެރިންވަނީ ރައީސް ސާލިހުއާއި ދެކޮޅަށް ކެމްޕޭންވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.