ދައުރު ނިމޭއިރު 52 މެގަވޮޓުގެ ސޯލާ ޕީވީ ރާއްޖޭގެ އެކި ރަށްރަށުގައި ހަރުކުރެވޭނެ: ޝައުނާ

ދައުރު ނިމޭއިރު 52 މެގަވޮޓުގެ ސޯލާ ޕީވީ ރާއްޖޭގެ އެކި ރަށްރަށުގައި ހަރުކުރެވޭނެ: ޝައުނާ

Author
ހުސެއިން
01 ފެބްރުއަރީ 2023 08:08
0

ރާއްޖެއިން ތެލަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިޔަށްދާ ޕްރޮޖެކްޓުތައް ނިންމާލެވުމުން، މިދައުރު ނިމޭއިރު 52 މެގަވޮޓުގެ ސޯލާ ޕީވީ ރާއްޖޭގެ އެކި ރަށްރަށުގައި ހަރުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ..

ރ އަތޮޅާއި ބ އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރުމުގެ މަސައްކަތް ސައިނޮސޯ ޔިންގްލީ ކޮންސޯޓިއަމްއާ ހަވާލުކުރުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި އިތުރު 9 ޖަނަރޭޓަރު ދުވާލު ގަޑީގައި ނިއްވާލެވޭނެ ކަމަށާއި، މިހާރުވެސް ދެ ރަށެއްގައި ދުވާލު ގަޑީގައި ޖަނަރޭޓަރުތައް ނިއްވާލެވޭ ކަމުގައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަކުރަމުން ދަނީ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ އުފެއްދުމަށް ކަމުގައެވެ. އަދި ދުނިޔެއަށް އަންނަ ބަދަލުތަކައެކު މިގޮތުން ކުރާންޖެހޭ ހޭދަ އިތުވަމުން ދާކަން ފާހަގަ ކުރައްވަމުން ޝައުނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތަރައްގީއަށް ހޭދަކުރާން ހުރި ފައިސާ ކަމުގައެވެ.

ޝައުނާ ވިދާޅުވީ ފާއިތުވީ 4 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 36 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރެވިފައި ވާކަމުގައެވެ. އަދި މިއީ ކޯވިޑް ކާރިސާގެ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ހާސިލްކުރެވިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައިވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް ޝައުނާ ވިދާޅުވީ 19 މެގަވޮޓުގެ ސޯލާ ޕީވީ ފަތާތު އެކި ރަށްރަށުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު، އިތުރު 53 މެގްވޮޓުގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ބީލަމުގެ މަރުހަލާގައި މިހާރުވެސް ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.