ކަރީނާގެ ކުރިއަށް އޮތް ފިލްމް ގެ ޝޫޓިން ފަށާނީ ސައިފް މިހާރު ކުޅޭ ފިލްމްގެ ޝޫޓިން ނިންމާލުމުން

ކަރީނާގެ ކުރިއަށް އޮތް ފިލްމް ގެ ޝޫޓިން ފަށާނީ ސައިފް މިހާރު ކުޅޭ ފިލްމްގެ ޝޫޓިން ނިންމާލުމުން

ކަރީނާ ގެ ކުރިއަށް ފިލްްމް "ދަ ކުރޫ" ގެ ޝޫޓިން ކަރީނާ ފަށާނީ ސައިފް މިހާރު ކުޅެމުން އަންނަ ފިލްމް ގެ ޝޫޓިން ނިންމާލުމުން ކަމަށް ކަރީނާ ބުނެފިއެވެ.

ސައިފް މިހާރު ޝޫޓީން ކުރިއަށް ގެންދަނީ އަމްރިތްސަރްގައިއެވެ. އެނާ ގެ ކުރިއަށް އޮތް ފިލްްމ އަކީ "އަދިޔަޕުރުޝް"އެވެ. އެފިލްްމްގައި ސައިފް އާއި އެކުގައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސްއެވެ.

އަމްރިތްސަރްގައި ކުރިއަށްދާ ޝޫޓިން ނިމުމުން ސައިފް އެނބުރި މުމްބައި އަށް ދިއުމުން ކަރީނާ އޭނާގެ ކުރިއަށް އޮތް ފިލްމް ގެ ޝޫޓިންއަށް ނައްޓާލާނެއެވެ. ކަރީނާ ބުނީ ކުދިން ލިބުމުން ޝޫޓިންގ އަށް ދިއުމަށް ނިންމާފައިވަނީ ބަހައިލައިގެންނެވެ.

"ސައިފް ޝޫޓިންއަށް މުމްބައި އިން ބޭރަށް ޓްރެވަލް ކުރާނަމަ ކުދިން ކާރީ އަހަރެން މަޑުކުރާނީ. އަދި އަހަރެން ޝޫޓިންގ އަށް ޓްރެވަލް ކުރާނަމަ ސައިފް ކުދިން ކާރީ މަޑުކުރާނެ. އަހަރުމެން ޓްރެވަލް ކުރަން ނިންމާފައިވަނީ ޓާންޓާން ބަހަލައިގެން."

ކަރީނާ ބުނީ ކުދިން ލިބުމުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށާއި އެކުދިންނަކީ މިހާރު އެމީހުންގެ ދިރިއުޅުނުގެ ބޮޑު ބައިކަމަށެވެ. އެހެންވެ އަބަދުވެސް މަންމަ ނުވަތަ ބައްޕަ އެކުދިން ކާރީ މަޑުކުރަން ބޭނުން ވާކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ބޮލީވުޑްގެ ހުނަރުވެރި ތިން ބަތަލާއިން ކަމުގައިވާ ތައްބޫ އާއި ކަރީނާ ކަޕޫރު އަދި ކްރިތީ ސެނޮން ފެނިގެންދާ މި ފިލްމް އަކީ ކޮމެޑީ އެކެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *