ސައުތުގެ މަގުބޫލު ފިލްމް "އާރްއާރްއާރް" ގެ ލަވަ "ނާޗޫ ނާޗޫ" މިއަހަރުގެ މާޗްގައި ބާއްވާ 95 ވަނަ އެކަޑަމީ އެވޯޑްސް "އޮސްކާ" އަށް ވެސް ނިމިނޭޓްވެއްޖެއެވެ.
މި ލަވަ އަކީ މިދިއަ އަހަރު ގޯލްޑެން ގްލޯބް އެވޯޑްސްގެ އެނމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދާފައި ވާ ލަވައެކެވެ. ލަވައިން ފެނިގެންދަނީ ސައުތުގެ ސްޕަސާޓާރުން ކަމުގައިވާ އަދި ފިލްމްގެ ލީޑުން ފެންނަ ދެތަރިން ކަމުގައިވާ އެންޓީއާރް ޖޫނިއާ އާއި ރާމް ޗަރަންގެ ފޯރިގަދަ ހަލުވި ނެށުންތަކެވެ.
މި ލަވައިގެ ގެ މިއުޒިކް ހެދީ މީގެ ކުރިން މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ އެމްއެމް ކީރަވާނީ އެވެ. އަދި ކޮރިއަގްރާފް ހަދައިފައިވަނީ 45 އަހަރުގެ ޕްރޭމް ރަކްޝީތްއެވެ.
މި ލަވަ އޮސްކާ ނޮމިނޭޓްވުމާ ގުޅިގެން ފިލްމުގެ ޓީމާއި މުޅި އިންޑިއާ އެކަން ބޮޑު ފަހުރެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ އިރު، މިފަހަރު އޮސްކާއަށް ދެން ވާދަކުރާ ލަވަތަކަކީ "ޓެލް އިޓް ލައިކް އަ ވުމަން" ގެ "އެޕްލޯސް" އާއި ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން: މެވެރިކް" އަށް ލޭޑީ ގާގާ އާއި ބްލަޑް ޕޮޕް ކިޔާފައިވާ "ހޯލްޑް މައި ހޭންޑް" އާއި "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" އަށް ރިއާނާ ކިޔާފައިވާ "ލިފްޓް މި އަޕް" ގެ އިތުރުން "އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް" ގެ "ދިސް އިޒް އަ ލައިފް" އެވެ.
WE CREATED HISTORY!! 🇮🇳
Proud and privileged to share that #NaatuNaatu has been nominated for Best Original Song at the 95th Academy Awards. #Oscars #RRRMovie pic.twitter.com/qzWBiotjSe
— RRR Movie (@RRRMovie) January 24, 2023
މި ލަވަ އޮސްކާ އުފުލާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އެ އެވޯޑް ކުރިން ދެމުން އަންނަ ގޯލްޑެން ގްލޯބްގެ ނަތީޖާއާ ގިނަ ފަހަރަށް އެއްގޮތްވުމެވެ. އިންޑިއާގެ އެންމެ އަގުބޮޑު އެއް ފިލްމު ކަމަށްވާ އާރްއާރްއާރް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އިންޑިއާގެ އިރުތުން ބޭރު ގައުމުތަކުންވެސް ފިލްމް އަށް ލިބުނު ތަރުހީބު ބޮޑެވެ.
މި އަހަރުގެ އޮސްކާ އަށް "އާރްއާރްއާރް" ޖުމްލަ 15 ކެޓަގަރީއަކުން އަމިއްލަ ގޮތުން އެޕްލައިކުުރި އެވެ. އެކަމަކު އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓަގަރީ ފިޔަވައި އިތުރު ވެސް ކެޓަގަރީއަކުން ނޮމިނޭޓެއް ނުވެ އެވެ. އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ އަންނަ މާޗް މަހުގެ 12 ގަ އެވެ.
ކޮމެންޓު ފޮނުވާ