"ބޯލާ" ގެ ދެވަނަ ޓީޒާ އެއް ދައްކާލައިފި

"ބޯލާ" ގެ ދެވަނަ ޓީޒާ އެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
24 ޖެނުއަރީ 2023 03:01
0

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ދެވަނަ ޓީޒާ އެއް ދައްކާލައިފި އެވެ.

އޭނާ އެންމެ ފަހުން އަމިއްލައަށް ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވަނީ މިއަހަރު ނެރުނު ފިލްމު ރަންވޭ 34 ގައެވެ. އަޖޭ މިފަހަރު އިއުލާންކޮށްފައިވާ ފިލްމުގެވެސް ޑައިރެކްޓަރުގެ އިތުރުން ލީޑް އެކްޓަރަކީ އޭނާއެވެ. އަދި އޭނާއާއެކު ފިލްމުން ދެން ފެނިގެންދާނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ތަބޫ އެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

"ބޯލާ"ގެ ނަން ދީފައިވާ މި ފިލްމަކީ 2019 ވަނަ އަހަރުގެ ކާމިޔާބު، ތަމަޅަ އެކްޝަން ތުރިލާ "ކައިތީ"ގެ ރިމޭކެކެވެ. އެ ފިލްމުގައި ދައްކުވައިދެނީ ޖަލުން މިނިވަންވާ ގައިދީއަކު އޭނާ މިނިވަންވާ ރޭ ސްމަގުލް ގޭންގެއްގެ ކިބައިން ފުލުހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ. އެކަން އޭނާ ކުރަނީ ޔަތީމުހާނާއެއްގައި ހުރި އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށް ބޭނުންވާތީއެވެ. އަދި ފުލުހުން އޭނާއަށް އެކަމުގައި ވާ އެހީތެރިކަނަ ފިލްމުގައި ދައްކުވައިދެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

މި ފިލްމް އަކީ އަޖޭ އާއި ތާބޫ އެކުގައި ފެނިގެންދާ 9 ވަނަ ފިލްމްއެވެ. މި ފިލްްމްގައި ތައްބޫ ފެނިގެންދާނީ ފުލުހުންގެ މަތީ ރޭންކްގެ އޮފިސަރެއްގެ ގޮތުގައެވެ. އަދި މި ފިލްމުގައި ތައްބޫގެ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ. ފިލްމު ސިނަމާތަކަށް ގެންނަން މަސައްކަތްކުރަނީ އަންނަ މާރިޗު މަހުގެ 30 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.