ޖޯޝާއި ފޯރި ހުރިކަމަށްވާނީ ދިޔާއެއްޗެއްސާއެކު ވަޖިދުވީމަތޯ؟: ޢަލީ ޒައިދު

ޖޯޝާއި ފޯރި ހުރިކަމަށްވާނީ ދިޔާއެއްޗެއްސާއެކު ވަޖިދުވީމަތޯ؟: ޢަލީ ޒައިދު

Author
ޢަލީ އާދަމް
21 ޖެނުއަރީ 2023 02:16
0

ޖަލްސާތަކުގައި ފޯރިޔާއި ޖޯޝް ހުރިކަމަށްވާނީ ދިޔާ އެއްޗެއްސާއެކު ވަޖިދުވީމަތޯ ސުވާލުކޮށް، ރައީސް ޞާލިޙްގެ ކެމްޕެއިން ޖަލްސާތަކުގައި ފޯރިއެއް ނެތްކަމަށް ބުނާ މީހުންނާ، ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިރު ޓްވީޓާގައި ސުވާލެއް ކޮށްފިއެވެ.

ރައީސް ޞާލިޙުގެ ނަންފުޅެއް އަދި އެމަނިކުފާނުގެ ކެމްޕެއިންގެ ނަންވެސް ވިދާޅުނުވެ ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޖޯޝާއި ފޯރި ނެތްކަމަށް ބައެއްމީހުން އެބަ ބުނާކަމަށެވެ. ޖޯޝާއި ފޯރި ހުރިކަމަށް ވާނީ ދިޔާ އެއްޗެއްސާއެކު ވަޖިދުވީމަތޯ ޒައިދު ސުވާލުކުރެއްވިއެވެ. ބެލެވޭގޮތުގައި އޭނަ އެވިދާޅުވާ ދިޔާ އެއްޗެއްސަކީ ބަނގުރަލެވެ.

މިހާރު ފޯރިއާއެކު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިނުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަމަށް ޝައިޚް ޒައިދު ވަރަށްބޮޑަށް ފަޑުވިދާޅުވެއެވެ. އަދި ނަޝީދު އަލުން ވެރިކަމަށް އައުމަކީ ޤައުމަށް އޮތް ގެއްލުމެއްކަމަށް ވިދާޅުވެ އެކަން ވިޔަ ނުދޭން ކުރެވެން އޮތް މަސައްކަތް ކުރުމަށް ގޮވާލައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުގާބޭ
ރައީސްނަސީދު ރައީސް ސޯލިހު ތި ދެރައީސުންނަކީ އެއްތަޝިން ކައިގެން އެކައްޗެއް ބޮއިގެ އެކައްޗެއް ހާވައިގެން އުޅުނު ދެމީހުން ތީ ހަަމަ އެއްމަސްހުނިގަނޑެއް ގެ ދެހެދިކާ
ކ ކައިދު
ތިޔަ ސަޕޯރޓްކުރާ މީހާ އަކީވެސް ތިޔަބުނާ ފަދަ ތަކެއްޗާއެކު ވަޖިދުވާ މީހެއްކަމަށް މީހުން ބުނޭ. ޢެފަދަ އެއްޗެތީގެ ވިޔަފާރި ކޮށްގެން އަދަބުލިބި އަރުވާލާފަ ހުރި މީހެއް. ޒައިދުމެން ޅަވީމަ ވަރަށް ނޭގޭނެ.