ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިއާ އަދި މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތޭހީ އާއި ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ އެކުގައި ފެނިގެންދާ ވީޑިއޯ ލަވައެއް އާންމުކޮށްފި އެެވެ.
"އައްޗާ ސިލާ ދިޔާ" ކިޔާ މި ލަވަ ނެރެފައިވަނީ ޓީސީރީޒް ގެ ތައްގަޑުގައިއެވެ. މިއީ އެއްވެސް ފިލްމްއެއްގައި ހިމެނޭ ލަވައެއް ނޫނެވެ. ރާޖް ގެ ފިލްްމް 2018 ގެ ފިލްމު "އިސްތިރީ" ގައި ވެސް ނޯރާގެ ލަވައެއް ހިމެނެ އެވެ. އެއީ "ކަމަރިއާ" އެވެ.
"އައްޗާ ސިލާ ދިޔާ" އަކީ ވަރަށް އަސަރުގަދަ ލޯބީގެ ލަވައެކެވެ. ތަފާތު ނެށުމެއްވެސް ފެނިގެންދާ މިލަވައިގެ ޖަޒުބާތުގައި ގިނަބަޔަކު ޖެހިފައިވާ އިރުގައި މި ލަވަ އަންނަނީ ވަރަށް ބޮޑަށް އާންމުންގެ ތެރޭގައި މަގުބޫލު ވަމުންނެވެ. ލަވައިގެ މިއުޒިކް ހަދައި ލަވަ ކިޔާފައި ވަނީ މި ފަހުން ވަރަށް މަގުބޫލުތަކެއް ގެނެސްދީފައިވާ ބީ ޕްރާކެވެ. ލަވައިގެ ޅެން ހަދާފައި ވާނީ ޖާނީ އެވެ.
"އައްޗާ ސިލާ ދިޔާ ތުނެ މެރާ ޕިޔާރްކާ" ގެ ނަމުގައި 1995 ވަނަ އަހަރު ނެރުނު ފިލްމް ""ބޭވަފާ ސަނަމް" ގައި ވަނީ ލަވައެއް ހިމަނާފައިއެވެ. މި ލަވައިގެން ފެނިގެން ގޮސްފައިވަނީ ޝީލްޕާ ޝިރޯދްކަރް އާއި ކްރިޝްނާ ކުމާރު ދުއާއެވެ. މި ފިލްމް އަކީ ރީތި އަސަރުގަދަ ގިން ލަވަތަކެއް ހިމެނޭ ފިލްމްއެކެވެ.
ރޯނާ ވަނީ އޭނާގެ ނެށުން ތަކުގެ ޖާދޫގައި ގިނަ ބައެއްގެ ހިތް ކަތިލާފައިއެވެ. އޭނާ ގެ ހުނަރު ދައްކައިލި ލަވަ "ދިލްބަރް" އާއި އެކުގައި އޭނާގެ ތަރި މެދު އުޑުގައި ފިޔަޖަހަން ވަނީ ފަށައިފައިއެވެ. އެއާއި އެކުގައި އޭނާ ވަނީ މަގުބޫލު ގިނަ ލަވަތަކަކުން ފެނިގެން ގޮސްފައިއެވެ. "އޮ ސާކީ ސާކީ"، "ގަރުމީ"، "ކުސޫ ކުސޫ" ފަދަ މަޝްހޫރު ލަވަތަށް ފާހަގަ ކޮށްލެވެއެވެ.