އެއްބަޔަކު ޤަބޫލު ނުކުރިޔަސް މިއީ ހެޔޮ ވެރިކަމުގެ މިސާލެއް: މަވޯޓާ

އެއްބަޔަކު ޤަބޫލު ނުކުރިޔަސް މިއީ ހެޔޮ ވެރިކަމުގެ މިސާލެއް: މަވޯޓާ

Author
ޢަލީ އާދަމް
17 ޖެނުއަރީ 2023 09:39
0

އެއްބަޔަކު އެއްބަސް ވިޔަސް ނުވިޔަސް އަދި ޤަބޫލު ނުކުރިޔަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަކީ ހެޔޮ ވެރިކަމުގެ މިސާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑީ ސިޓިއަށް ގެނެސްދެއްވާ ތަރައްޤީއާ ބެހޭގޮތުން ވާހަކަދައްކަވައި ކުރެއްވި ޓްވިޓެއްގައެވެ. އޭނާ ވިދާޅުވީ މިހާރު އައްޑޫގައި ހިއްކާ 5 ފަޅު ރަށުގައި ރިސޯޓު ހެދިގެން ދިޔައިމަ އައްޑޫ ޓުއަރިޒަމަށް އިންޤިލަބީ ބަދަލެއް އަންނާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިޝަނަރީ ޚިޔާލުފުޅާމެދު އެއްބަޔަކު އެއްބަސް ވިޔަސް، ނުވިޔަސް މިއީ ހެޔޮ ވެރިކަމުގެ މިސާލެއްކަމަށެވެ.

މަވޯޓާ ވިދާޅުވީ އައްޑޫގެ މުއައްސަސާތައް އުޖާލާވެގެންދާނީ މިހާރު މިސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫޢުތައް ފުރިހަމަވެގެން ދިޔައިމަކަމަށެވެ. އެގޮތުން އެންމެ މުހިންމު މަޝްރޫޢަކީ ބިން ހިއްކުމުގެ މަޝްރޫޢުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާގެ ތެރޭގައި ޤައުމުގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓުނަނުދީ ސަލާމަތްކޮށްދެއްވި ވެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއިގެން ކުރިއަށް ވަޑައިގަންނަވާ ހަމައެކަނި ލީޑަރަކަށް ފެންނަން ހުރީވެސް ރައީސް ޞާލިޙް ކަމަށެވެ.

އެނޫން ބައެއް ލިޑަރުން ރައްޔިތުންނަށް ދައްކަވާ ހުވަފެންތަކަކީ ބިލާހެއްކަމަށާ، އެކަންކަމާމެދު ރައްޔިތުން ސަމާލުވުމަށް މަވޯޓާ ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒާހިރު
މަވޯޓާސަރީފުމެއްމިވެރިރަގަޅުވާނެސަބަބަކީމަވޯޓާގެދަރިފުޅައްމިސަރުކާރުއްމުސާރައަށް މަހަކު2.90000.މިލިއަށްނުވަދިހަހާސްރުފިޔާދެއްވާކަމައްވޭމިގޮތައްލިބޭކަމައްވަނީނަމަމިގައުމު ވިއްކާލިއަސްމާންވެގެއްވާއިސްލާމްދީނުގެނަޙީކުރެއްވިކަންކަމައްއެހީތެރިވީކަމައްވިޔަސްސަދޫމުގެކުރިކަހަލަހަޑިހުތުރުފާސިދުއަމަލުތއްމިސަރުކާރުގަތިއްބެވިބައެއްއިއްޒެއްތެރިއްކުރަމުއްގެއްދިއަނަމަވެސް))އެކަމާރައިސްސޯލިހުއަޅާނަލާހުންނާތީތޯއޭގަބޫލުކުރިޔަސްނުކުރިޔަސްމިވަރުގެސަ ރުކާރެއްނެތޭތިއަވިދސަޅުވަނީ).އަޅުގަންޑުކުރިއްހީކުރަނީ).މަވޯޓާސަރީފުއަކީވަރަތްރަގަޅު މާތްވެގެއްވާއިސްލާމުދީނާހަރުދަނާސިޔާސަތެއްގެއަހުލުވެރިއެއްކަމައް))ނަމަވެސްއަޅުގަންޑައްމި ކުރެވުނީކުއްހިޔެއްކަންމިހާރުއެގިއްޖެ)މަވޯޓާސަރީފުއާރައިސްސޯލިހުއާމިގައުގެގައްދާރުއް